އަލްއުސްތާޛު މޫސާ ޢަލީ މަނިކު (މޫކޭ) ކ. ރައީސް ނަޝީދު އާއި އެކު
އަލްއުސްތާޛު މޫސާ ޢަލީ މަނިކު (މޫކޭ) ކ. ރައީސް ނަޝީދު އާއި އެކު
ޕީޕީއެމްގެ މަގުމަތީ ޙަރަކާތަށް ހައިރިސްކް ބޭފުޅުން ނެރެގެން ހިންގަނީ ލާއިންސާނީ ޢަމަލެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ރޯޑްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ އަލްއުސްތާޛު މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޙުކުމް ކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ގެންދަނީ މާލޭގެ މަގުތަކަށް ނިކުމެ މަދު ބަޔަކާއެކު ސިލްސިލާ އެއްވުން ތަކެއް ބާއްވަމުންނެވެ. އަދި ޙަރަކާތްތަކުގައި އެޗްޕީއޭގެ ގައިޑްލައިން ތަކާ ޚިލާފުވަމުންދާއިރު މި އެއްވުންތަކުގައި ކޯވިޑް-19 ގެ ހައިރިސްކް ކެޓެގަރީގެ މީހުން ގިނައިން ބައިވެރިވަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އެކަމާ ގުޅިގެން އުސްތާޛު މޫކޭ ވިދާޅުވީ، ޕީޕީއެމް އަކީ ކޯވިޑްގެ ހައިރިސްކް ޢުމުރުފުރާގެ މެމްބަރުން އެންމެ ގިނަ ޕާޓީކަމަށާއި، ޚާއްސަކޮށް މަގުމަތީގެ ޙަރަކާތްތަކުގައި އެކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެހެން ކަމުން އެކަމާ ވިސްނުމަށް މޫކޭ ވަނީ އިދިކޮޅު ޕީޕީއެމަށް ގޮވާލައްވާފައެވެ.

"ފައްސިވާ ޢަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ މެމްބަރުންގެ ސިއްޙަތު ނުރައްކަލަށް ވައްޓާލުމަކީ ވަރަށް ލާއިންސާނީ ޢަމަލެއް." މޫކޭ ވިދާޅުވިއެވެ.



ކުރީގެ ރައީސް ޔާމީންގެ ޖަލުޙުކުމަށް ހައިކޯޓުން ތާޢީދު ކުރުމާއެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ މަގުމަތީގެ ޙަރަކާތްތައް ފުޅާކުރަމުންނެވެ. އެގޮތުން މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ބުނެ ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްގެން މިއަދު ވެސް ދަނީ އެއްވުންތަކެއް ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން