ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ރާއްޖޭގައި އުޅޭ ބައެއް ސިޔާސީ މީހުން ޙަކީމުންނަށްވުރެ މޮޅު ކަމަށް ވިދާޅުވެ ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ސިޔާސީ ބައެއް ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދުގެ މިފަދަ ފާޑުކިއުންތަކެއް އިދިކޮޅު ފަރާތްތަކަށް އަމާޒުވެފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިނާއި ބެހޭގޮތުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިން ނުޖެހުމަށް ގޮވާލާ ދާދިފަހުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބަޔަކު ވަނީ މާލޭގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީސް ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން ޒަރިޔަންދު ވިދާޅުވީ، މިވަގުތު މުޅި ދުނިޔެވެސް ހުއްޓުވާލާފައި މިވަނީ ބޭހެއްނެތް ބަލިމަޑުކަމެއްގެ ބާރުގައި ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުމުގެ ފެންވަރު އެންމެ މޮޅު ހަކީމުންނަށްވުރެ މޮޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވެކްސިނާ ބެހޭގޮތުން ބައެއް ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ޒަރިޔަންދު ވަނީ ރައްދު ދެއްވާފައެވެ.

"ބަލިޖެހޭ ރޯގާއަށް ވެކްސިނެއް ހޯދުމުން، އެ ވެކްސިން ހެދި ފަރާތްތަކަށްވުރެ އެ ވެރިންގެ މައުލޫމާތު މޮޅު. ވެކްސިން ނުޖަހަނީސް އޭގެން ނުކުންނަ މައްސަލަތައް އެނގޭ." ޒަރިޔަންދު ވިދާޅުވިއެވެ.



މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ރޭ ބުނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ އިން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައިވާކަމަށެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް އެ ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. އެއީ 50000 މީހުންނަށް ފުދޭ މިންވަރެކެވެ. ދުނިޔޭގެ ގައުމު ތަކުން ވެކްސިން ނުލިބިގެން ކަންބޮޑުވެގެން އުޅޭއިރު ރާއްޖެއަށް ވެކްސިން ލިބުމުންވެސް ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވެކްސިން ބޭނުންކުރުމާމެދު ދެކޮޅު ހަދަމުންނެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ، "ކޮމިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑްނަމެއް ކަމަށެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިނެކެވެ.

ކޮވިޝީލްޑް ވެކްސިން އިންޑިއާގައި މިހާރު ވަނީ ޖަހަން ފަށައިފައެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް ގައި ވެސް މިއަދު މި ވެކްސިން ވަނީ ޢާއްމުންގެ ގަޔަށް ޖަހަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ތުނިޔަ

30-Jan-2021

ޒަރިޔަންދު ތިބުނާވެކުސިންޖެހި އިންޑިޔާ މީހުންމަރުވިއެއްނުންތަ އެތައްބަޔަކުބަލިވެސިއްހީއެތައްމައްސަލައެއްކުރިމަތިވީދޯ


4

ތުނިޔަ

30-Jan-2021

ޒަރިޔަންދު ކިހާދެރަދޯ ޑަބުލުއެޗޯއިން ހުއްދަ ނުދޭ ކޮވިޑުވެކުސިން ދިވެހިންނަށް ޖަހަނީ މިއީރައްޔިތުންދެކެލޯބިވާވެރިންކުރާކަމެއްތޯ؟



ޓްރެންޑިން