ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކުރުމަށް ނިކުތްމީހުންގެ ކަކުލުގައި ރިއްސުމަކީ ދެރަކަމެއް ކަމަށް އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ) ވިދާޅުވެއްޖެއެވެ.
މެމްބަރު ވައްޑޭ މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބަޔަކު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް، އަދުރޭ ހައްޔަރު ކުރުމުން އޭނާ ދައްކަވާފައިވާ ވާހަކަ ތަކާއި ގުޅިގެންނެވެ. އަބްދުއް ރަޙީމް ވިދާޅުވީ އޭނާހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށާއި، ހައްޔަރުކުރީ ކަކުލަށް ތަދުވާތީ މަގުމަތީގައި އިށީންނެވި ވަގުތު ކަމަށެވެ. މީގެ ކުރިން އަދުރޭ ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުގެ މަގުމަތީގެ ޙަރަކާތްތައް ހުއްޓާލާނީ މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ކަމަށެވެ.
އަދުރޭ އަށް ރައްދު ދެއްވަމުން މެމްބަރު ވައްޑޭ ވިދާޅުވީ، އަދުރޭ ނުކުންނެވީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަން ކަމަށާއި، އެކަމަކު ރިއްސައިގަތީ އަބްދުއްރަހީމްގެ ކަކުލުގައި ކަމަށެވެ. ވައްޑެ ވަނީ އަދުރޭ އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މެމްބަރު ވައްޑޭ ވަނީ ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅުން ކުރަމުންއަންނަ އިޙުތިޖާޖަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕޯސްޓަރު ހަދައިގެން ލީޑަރުން ކުރީގައި ތިބެގެން ވެކްސިނާ ދެކޮޅަށް މުޒާހަރާ ކުރާ ސިޔާސީ ޕާޓީއެއްގެ ހަރުދަނާކަން ހުންނާނެ މިންވަރު ހިތަށް ގެންނަންވެސް އުނދަގޫ ކަމަށް ވައްޑޭ ވިދާޅުވިއެވެ. އިދިކޮޅު ޕާޓީތަކުން ވަނީ މާލޭގައި އެއްވުމެއް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކުރިއަށް ގެންދާ މަގުމަތީގެ ސީދާ ޙަރަކާތުން ހައްޔަރުކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ޝަރުތުތަކަކާއެކު ކޯޓުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރަށްދާނަމަ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދުމަށާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުން އަންގާ ގަޑިއާ ތާރީހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ އިތުރުން މިހާރު ގެންގުޅޭ ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ ފުލުހުންނަށް އެންގުމަށް ވަނީ ޝަރުތު ކޮށްފައެވެ. އަދި މި ޝަރުތުތައް 30 ދުވަހަށް ދެމިގެންދާނެކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ނުކުތީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަން. އެކަމަކު ކަކުލުގައި ރިއްސައިގަތީ އަބްދުއްރަހީމްގެ.
— Waddey (@waddey_) January 29, 2021
އަވަސް ޝިފާއަކަށް އެދެން. @Banafsaa pic.twitter.com/uN9UfdpA5O
މީގެ އިތުރުން މެމްބަރު ވައްޑޭ ވަނީ ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅުން ކުރަމުންއަންނަ އިޙުތިޖާޖަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕޯސްޓަރު ހަދައިގެން ލީޑަރުން ކުރީގައި ތިބެގެން ވެކްސިނާ ދެކޮޅަށް މުޒާހަރާ ކުރާ ސިޔާސީ ޕާޓީއެއްގެ ހަރުދަނާކަން ހުންނާނެ މިންވަރު ހިތަށް ގެންނަންވެސް އުނދަގޫ ކަމަށް ވައްޑޭ ވިދާޅުވިއެވެ. އިދިކޮޅު ޕާޓީތަކުން ވަނީ މާލޭގައި އެއްވުމެއް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކުރިއަށް ގެންދާ މަގުމަތީގެ ސީދާ ޙަރަކާތުން ހައްޔަރުކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ޝަރުތުތަކަކާއެކު ކޯޓުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރަށްދާނަމަ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދުމަށާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުން އަންގާ ގަޑިއާ ތާރީހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ އިތުރުން މިހާރު ގެންގުޅޭ ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ ފުލުހުންނަށް އެންގުމަށް ވަނީ ޝަރުތު ކޮށްފައެވެ. އަދި މި ޝަރުތުތައް 30 ދުވަހަށް ދެމިގެންދާނެކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު