އެމްޑީޕީގެ ރައީސް ރައީސް ނަޝީދު (ވ) އާއި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ (ވ)
އެމްޑީޕީގެ ރައީސް ރައީސް ނަޝީދު (ވ) އާއި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ (ވ)
ހެޔޮގޮތުގައި ޤައުމެއް ހިންގުމަށް އެންމެ މުހިއްމު އެއް މުއައްސަސާއަކީ ސިޔާސީ ޕާޓީތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދާ އަދާލަތު ޕާޓީގެ ތިންވަނަ ދައުރުގެ ރިޔާސީ އިންތިހާބާ ގުޅިގެންނެވެ. މި އިންތިޚާބުގައި ވާދަކުރަށްވަނީ މިހާރުވެސް އެޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ.

ޢަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ އިންތިޚާބުގައި ވޯޓު ދެއްވާ އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ހެޔޮގޮތުގައި ޤައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ އިންތިޒާމް ވެގެން ހިންގާ ސުލްޙަވެރި ސިޔާސީ ޙަރަކާތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ޙަރަކާތް ހިންގާނީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ފާއިތުވި ނުވަ އަހަރު އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވައި އިތުރު ދައުރަކަށް ކުރިމަތިލެއްވި އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގައި އޭނާ ވޯޓް ދެއްވާފައިވާ ކަމަަށާއި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން އެ އިންތިޚާބުގެ ވޯޓު ލުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. އެ ގޮތުން، ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިންމޭޓެވެ. 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ އަދާލަތު ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 6436 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން