ރައީސް ޔާމީންގެ ދިފާޢީ ވަކީލް އާދަމް ޝަމީމް (ވ) އާއި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ކ)
ރައީސް ޔާމީންގެ ދިފާޢީ ވަކީލް އާދަމް ޝަމީމް (ވ) އާއި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ކ)
އެމްޑީޕީގެ ތެރެއިން ނޫން ގޮތަކަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ސިޔާސީގޮތުން ދިރުމެއް ނުލިބުނު ކަމަށް ރައީސް ޔާމީންގެ ދިފާޢީ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

އާދަމް ޝަމީމް މި މޭރުމުން ވިދާޅުވެފައިވަނީ، އިދިކޮޅު ޕީޕީއެމުން ކޯވިޑް-19 ވެކްސިނާ ގުޅޭގޮތުން ދައްކާ ދެއުޅިއެއްނުވާ ވާހަކަތައް ކުށްވެރިކޮށް، ޕީޕީއެމްގެ ލީޑަރޝިޕަށް މިނިސްޓަރ ޔުމްނާ ފާޑު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ޝަމީމް ވިދާޅުވީ، މިއަދު މިނިސްޓަރ ޔުމްނާ ހުންނެވީ "ޕާޓޭ ކުދިންކޮޅު" ކައިރީގައި ސަލާން ޖެހުމަށް ކަމަށެވެ. އަދި އެއީ ހުތުރުކަމެއް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މިއަދު ޕީޕީއެމް ގެ ވެކުސިނޭ ބުނެ ޕީޕީއެމަށް މިނިސްޓަރގެ އުދާސް ބޭރުކޮށްލައްވަނީ 30 އަހަރުގެ ވެރިކަމަށްފަހު އެމްޑީޕީގެ ތެރެއިން ނޫން ގޮތަކަށް ސިޔާސީ ދިރުމެއް ނުލިބުމުން ކަމަށެވެ. އަދި ތިމަންނާމެން ދާނީ އިދިކޮޅަށް ކޮވިޑު ޖައްސާފައި ކަމަށް އެމްޑީޕީ ގެ މެންބަރުން މީގެ ކުރިން ބުނެފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އޭގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ނުވާ ވެކްސިނެއް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގަ އާއި ދަރުބާރުގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލާފައެވެ. އަދި އެ ދުވަހުގެ މުޒާހަރާއަށް ފަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިން ނުޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ޔުމްނާ ވިދާޅުވީ، ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިނެއް ތައްޔާރު ކޮށްދެއްވިނަމަ ރައްޔިތުންނަށް މާ ފަސޭހަވީސް ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ. އަދި އެ ވެކްސިން މި ހަފްތާގެ މެދުތެރޭގައި ރާއްޖޭގައި ޖަހަން ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރަހުމަ

02-Feb-2021

އެއްވެސް ޕާޓީިތެރެއަކުން ސިޔާސީ ދިރުމެއް ހޯދާކަށް ޔުމްނާމައުމޫން ނުޖެހޭނެ. ޚުދު. އެކަމަނާއަކީ ޤައުމަށް ރީތިމިސާލް ދައްކުވާދެއްވި ސިޔާސީ ދިރުމެށް.


5

ހަސަނު

05-Feb-2021

ޝަމީމޫ މިހާރު ހަވާލުވެފައިވާ ޔާމީނު ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވޭތޯ އުޅޭ. މީހަކު ބުނާ ހާ އެއްޗެކަށް ވަކާލާތު ކުރުމުގެ ޤާބިލު ކަމެއް ނެތެއްނު؟



ޓްރެންޑިން