ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (ކ) އާއި، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ވ)
ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (ކ) އާއި، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރޮކެޓް ސައިންޓިސްޓެއް ކަމަށް ޤަބޫލުކުރަށްވައިފިން ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް، މޮންދު ވިދާޅުވެއްޖެއެވެ.

މޮންދު މިމޭރުމުން ވިދާޅުވީ، އިދިކޮޅު ޕީޕީއެމުން ކޯވިޑް-19 ވެކްސިނާ ގުޅޭގޮތުން ދައްކާ ދެއުޅިއެއްނުވާ ވާހަކަތައް ކުށްވެރިކޮށް، ޕީޕީއެމްގެ ލީޑަރޝިޕަށް މިނިސްޓަރ ޔުމްނާ ފާޑު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަދެއްކެވި ޕީޕީއެމްގެ އިސް ބޭފުޅުންނަކީ ސައިންޓިސްޓުން ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ނައިބް ރައީސް މޮންދު ވިދާޅުވީ، އޭނާ ވެކްސިންގެ ވާހަކަ ދައްކަން ސައިންޓިސްޓަކަށް ވާން ޖެހޭކަމަށް ޔުމްނާ ވިދާޅުވާނަމަ، ރައީސް ޞާލިޙަކީ ރޮކެޓް ސައިންޓިސްޓެއް ކަމަށް ޤަބޫލު ކުރަށްވައޮފިން ކަމަށެވެ. އަދި ރައީސް ޞާލިޙަކީ މަތީ ތަޢުލީމަށް ޒުވާނުން ދުނިޔޭން ބޭރަށް ފޮނުވާނެކަމަށް ވިދާޅުވި ބޭފުޅެއް ކަމަށް މޮންދު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ،އިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާ ވެކްސިންތަކެއް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގައްޔާއި ދަރުބާރުގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލާފައެވެ.

އެ ދުވަހުގެ މުޒާހަރާއަށް ފަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިން ނުޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ޔުމްނާ ވިދާޅުވީ، ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯޓްރީގައި ވެކްސިނެއް ތައްޔާރު ކޮށްދެއްވިނަމަ ރައްޔިތުންނަށް މާ ފަސޭހަވީސް ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ. އަދި އެ ވެކްސިން މި ހަފްތާގެ މެދުތެރޭގައި ރާއްޖޭގައި ޖަހަން ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ކިނބޫ

02-Feb-2021

އީސީ ޝަރީފްއާ ޑރ. މިލަގަނޑު ގެންގުޅޭ ޒައިދު އަކީ ވަރަށް ފައްކާ ދެ ސައިންސްވެރިން. ތި ވެކްސިންގެ ސައްހަކަން ބަލާ ކަށަވަރުކޮށް އާންމުކޮށް ދެމުން އެބަގެނދޭ ދެ ސައިންސްވެރިންގެ ޓީމުން. އެމްއާރްއެމް ގްރޫޕް ސައިންސްވެރިންނަށް ކަމެއް ނުވިއެއްނު.



ޓްރެންޑިން