ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ
ޢާއްމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލާގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

އަދުރޭގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އަދުރޭ ޢާއްމުތަނެއްގައި ބޭއަދަބީކޮށް ވާހަކަ ދައްކަވާފައިވަނީ، ނޮވެމްބަރު 28، 2019 ގައި ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހު، ކްރިމިނަލް ކޯޓުގެ ގާޟީންނަށް މުހާތަބު ކުރަށްވައެވެ. މިއީ ޤާނޫނުލް ޢުޤޫބާތުގެ ދަށުން މިފަދަ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލި ފުރަތަމަ ފަހަރެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތުން ދަޢުވާ ހުށައެޅުމުން އަބްދުއްރަޙީމްގެ ވަކީލުން ވިދާޅުވެފައިވަނީ މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ މިއަދު ކޯޓަށް ޙާޟިރުވި ފަހުން ކަމަށެވެ. އެހެންކަމުން ޖަވާބުދާރީ ވުމަށް އެހެން އަޑުއެހުމެއް ބާއްވައި ދިނުމަށް އަދުރޭގެ ފަރާތުން ވަނީ އެދިފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޟީ ވަނީ އެ ފުރުސަތު އަބްދުއްރަހީމްގެ ވަކީލުންނަށް ދެއްވުމަށްފަހު އަޑުއެހުން ނިންމާލައްވާފައެވެ.

އަދުރޭގެ ކޮރަޕްޝަންގެ މައްސަލަތަކެއް ދަޢުލަތުގެ ގިނަ އިދާރާތަކަކުން މިހާރުވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދުރޭ ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ލައިވް ޓީވީގައި އަދަބާޚިލާފު ބަސްތައް ޢާއްމުކޮށް ބޭނުންކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާއަބުސީ

02-Feb-2021

ފެށުނީއްސުރެ ވައްކަން އަންކުަމުން އައިސްފަހުރި މީހެއް ތި އަދުރޭ އަކީ..އެކަހަލަގެމީހުން ލަދެއް, ހަޔާތެއްނުހުންނާނެ...



ޓްރެންޑިން