7 ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގީ ބަޣާވާތެއް ކަމަށް ބުނެ، އެދުވަހު ހިނގައިދިޔަ ޙާދިސާއަށް ބަޣާވާތެއްގެ ނަންދިނީ އަމިއްލަގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އަލްހާން ފަހުމީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލްހާން މިމޭރުމުން ވިދާޅުވެފައި ވަނީ، މިޔަންމާގައި މިއަދު ތަކުރާރުވެގެން އެދިޔައީ ރާއްޖޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަންހިނގާ ދިޔަ ގޮތް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މިޔަންމާ ސިފައިން ނުކުމެ އެގައުމުގައި މިހާރު ވެރިކަމުގައި ތިބި އެންމެހައި އިސް ފަރާތްތައް ހައްޔަރުކޮށް ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ސަރުކާރު ހިންގުމުގެ ބާރުތައް ސިފައިން ކޮންޓްރޯލްކޮށްފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ވެސް ވެއްޓި ދިޔައީ މިއަދު މިޔަންމާގައި ކަންހިނގާ ދިޔަ ފަދައިން ސަލާމަތީ ބާރުތަކުން ސަރުކާރާއި ދެކޮޅަށް ނުކުމެ ބަޣާވާތްކޮށް ވެރިކަން ހިންގުމުގެ ބާރުތަކަށް ވެރިވެގަނެގެންކަމަށް ސިފަކުރަށްވައިފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން އަލްހާން ވިދާޅުވީ، މިޔަންމާ އާއި ރާއްޖޭގައި ހިނގި ޙާދިސާ އެއްގޮތް ނުކުރެވޭނެ ކަމަށާއި، އަދި ދެ ޙާދިސާ އެއްގޮތް ކުރެވޭނެ ސަބަބެއްވެސް ނެތް ކަމަށެވެ. ރައީސް ނަޝީދު އިސްތިޢުފާދެއްވި 7 ފެބްރުއަރީ ގައި އަލްހާން ވެސް ހުންނެވީ ރައީސް ނަޝީދުގެ އަރިހުގައި ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެދުވަހު ހިނގައި ދިޔައީ ބަޣާވާތެއް ކަމަށް ރައީސް ނަޝީދު އެއްފަހަރުވެސް ވިދާޅުނުވާ ކަމަށާއި، އެއީ ބަޣާވާތެއް ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ 7 ފެބްރުއަރީގެ ހަވީރު އޭނާ ކަމަށް އަލްހާން ވިދާޅުވިއެވެ.
"ލައިވް ޓީވީގައި އިސްތިޢުފާ ދެއްވުން ފިޔަވައި އެދުވަހު މަނިކުފާނު ވިދާޅުވި އެއްޗެއް ނެތް." ރައީސް ނަޝީދަށް ނިސްބަތް ކުރަށްވައި އަލްހާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަލްހާން އިތުރަށް ވިދާޅުވީ، ދިވެހި ސިފައިންގެ އިސްތަށިފުޅުގައި އެވަރު ބޮޑު ބަދުނާމެއް އަޅުއްވަން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަޙުޤީޤުކޮށް ބަލަންޖެހޭ ކަމަށެވެ. އަދި ރައީސް ވަޙީދު ކުރެއްވި ވެރިކަން ޞައްޙަނޫންކަމަށް ބުނާ މައްސަލައަށް ޝަރުޢީ ޙުކުމެއް ބޭނުންވާ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވަމުންދިޔަ ނަމަވެސް އެ ހާދިސާއަށްފަހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީން މިހާރުވެސް އެހާދިސާއަކީ ބަޣާވާތެއް ކަމުގައި ސިފަ ކުރައްވާއިރު އެހަރަކާތުގެ މުގުލުގައި ތިއްބެވި އިސް ބޭފުޅުންނާއެކު މިއަދު ވެރިކަން ކުރަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

Why this bitterness ?
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 🇲🇻 (@AlhanFahmy) February 1, 2021
It wasn’t the same ! Not even closer! I was right there when your ‘reaction’ to the chaos lead you to resign !
You never said it was a #coup until I said so that very evening you resigned.
You said nothing other than the resignation statement on live TV. https://t.co/BIzDIXBvcV
ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަލްހާން އިތުރަށް ވިދާޅުވީ، ދިވެހި ސިފައިންގެ އިސްތަށިފުޅުގައި އެވަރު ބޮޑު ބަދުނާމެއް އަޅުއްވަން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަޙުޤީޤުކޮށް ބަލަންޖެހޭ ކަމަށެވެ. އަދި ރައީސް ވަޙީދު ކުރެއްވި ވެރިކަން ޞައްޙަނޫންކަމަށް ބުނާ މައްސަލައަށް ޝަރުޢީ ޙުކުމެއް ބޭނުންވާ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވަމުންދިޔަ ނަމަވެސް އެ ހާދިސާއަށްފަހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީން މިހާރުވެސް އެހާދިސާއަކީ ބަޣާވާތެއް ކަމުގައި ސިފަ ކުރައްވާއިރު އެހަރަކާތުގެ މުގުލުގައި ތިއްބެވި އިސް ބޭފުޅުންނާއެކު މިއަދު ވެރިކަން ކުރަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު