ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ސިއްޙީ ޚިދުމަތްތެރިންގެ ބަހަށް ގޮންޖެހުން ހުއްޓާލުމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ނިހާދު އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ރަސްމީކޮށް މިއަދު ޖަހަން ފަށާފައިވާއިރު މި ވެކްސިން ދަޢުލަތުގެ އެންމެ އިސްވެރިން ވަނީ ޖައްސަވާފައެވެ. އަދި ސިއްޙީ ދާއިރާގެ އިސް ބޭފުޅުންވެސް މިހާރު ވަނީ ވެކްސިން ޖައްސަވާފައެވެ.

އެހެން ނަމަވެސް ވެކްސިނާ ގުޅުވައިގެން ސިޔާސީ ގޮތުން ފަތުރަމުންދާ އެކި ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު ނިހާދު ވިދާޅުވީ ސިއްޙީ ޚިދުމަތްތެރިންގެ ބަހަށް ގޮންޖެހުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ވެކްސިނާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަކީ އިންސާނީ ކަރާމާތަށްވެސް ހަޑި މުޑުދާރު ޢަމަލެއް ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ދިވެހި ފުންނާބު އުސް ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ ބަހަށް ގޮންޖަހައި އަގު ވައްޓާލަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެނަމަ މާދަމާވެސް އެދެން ޖެހޭނީ އެމީހުންގެ ޚިދުމަތަށް ކަމަށް ނިހާދު ވިދާޅުވިއެވެ.



ނިހާދު މިގޮތަށް ވިދާޅުވެފައި ވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އޭގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ނުވާ ވެކްސިނެއް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ކައިރީގަ އާއި ދަރުބާރުގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލާފައެވެ. އަދި އެ ދުވަހުގެ މުޒާހަރާއަށް ފަހު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނަކީ ރައްކާތެރިކަން ކަށަވަރު ނުވާ ވެކްސިނެއް ކަމަށް ވިދާޅުވެ އެ ވެކްސިނާމެދު ސުވާލު އުފައްދަވައިފައެވެ.

މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި ރައީސް ޞާލިޙް ޖެއްސެވީ އިންޑިއާއިން ހަދިޔާކުރި ވެކްސިން ނޫންކަމަށް ބުނެ ވެސް އިދިކޮޅުން މިއަދު ވަނީ އަޑުތައް ފަތުރާފައެވެ. ނަމަވެސް ރާއްޖޭގެ ޞިއްޙީ މާހިރުން ވަނީ އެވާހަކަތައް ދޮގުކުރަށްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ކިނބޫ

02-Feb-2021

ނެތް ފެންވަރުން ފުއްޕުން ހުއްޓާލުމަށް ތޮފަޅަށް މަ ގޮވާލަން!


16

އައްލާގެއައްލާ

02-Feb-2021

އޮއި ދެއައްލާދޭތެރެ. ތޯ ނިއެނގޭ ވާހަކަ ނިދައްކަ. ތަކީ ތަންދޮރައް ދެންނަ މީހައް ނޫން. ފޭދޫ ހިކަނދަ އާއިލާކުން އާސް އޮއް ހިކަނދަށް ތަކީ. ފޭދޫ މީހުންނަށްފެހޭ ސާބަސް.



ޓްރެންޑިން