ރާއްޖެއަށް ޗައިނާއިން ވެކްސިން ދިނީމާ ކުރިން ވެކްސިން ނުޖައްސަވާނެ ކަމަށް ވިދާޅުވި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުވެސް ދެން ވެކްސިން ޖައްސަވާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލީ ޒޮންގ މިއަދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރަށްވައި ޗައިނާ ސަރުކާރުން ރާއްޖެއަށް އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ރައްޔިތުންނަށް އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައި އެމަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ސަފީރުވަނީ ހާމަ ކުރަށްވާފައެވެ.
އެކަމާ ގުޅިގެން މަޒާޖީ ބަހުރުވަޔަކުން މަލާމާތުގެ ރާގެއްގައި، އަބްދުލް އަޒީޒާ މުހާތަބުކުރަށްވައި މިނިސްޓަރ ފައްޔާޒް މިއަދު ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމް ދެމިއޮތުމަށް އޮޕޮޒިޝަނެއް އޮތުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށެވެ. އަދި ކޮވިޑްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އޮޕޮޒިޝަން ނެތިދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ޗައިނާ ވެކްސިން ލިބޭނެކަމުގެ ޚަބަރަކީ ވަރައްވެސް އުފާވެރި ހަބަރެއް ކަމަށެވެ.
"އަޒީބެ ވެސް އިރާދަކުރެއްވިއްޔާ ދެން ޖައްސަވާނެ." މަޖާޒީ ގޮތެއްގައި މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒް، އަޒީއަށް ނިސްބަތްކުރަށްވައި މިގޮތަށް ވިދާޅުވެފައިވަނީ، އިންޑިޔާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު، ވިދާޅުވެފައި ވާތީއެވެ. ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ދެކޮޅު ހައްދަވައި، ވެކްސިން ނުޖައްސަވާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެފައިވަނީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އަދި މީޑިއާތަކުގައި ކިތަންމެ ވަރަކަށް އެ ވެކްސިން ޕްރޮމޯޓު ކުރިޔަސް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް އިތުބާރު ނުކުރައްވާނޭ ކަމަށް އަޒީ ވަނީ ވިދާޅުވެފައެވެ.
އެކަމާގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީންވެސް ވަނީ ކޮވިޝީލްޑު ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފަ އެވެ. އަދި ވެކްސިން ނުޖެހުމަށް އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަނީ ގޮވާލަމުންނެވެ.
"ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން ފޮމިއުލާ ބޭނުންކޮށްގެން އިންޑިޔާގެ ސިރަމް އިންސްޓިޓުޓުން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. މި ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަދެވިފައިވާ ވެކްސިނެކެވެ.
ކޯވިޑް-19 އަށް ޗައިނާގައި އުފައްދާ ވެކްސިން ތަކުގެ ތެރެއިން ސިނޮފާމް ގެ ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ހުސްވި މަހު ވަނީ ޗައިނާ ސަރުކާރުން ދީފައެވެ. މިހާތަނަށް ސިނޮފާމުން އާންމުކޮށްފައިވާ ޑޭޓާ ތަކަށް ބަލާއިރު މިވެކްސިންގެ ރައްކާތެރިކަން 79 އިންސައްތައަށް ވުރެ މަތި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑިމޮކްރެޓިކް ނިޒާމް ދެމިއޮތުމަށް އޮޕޮސިޝަނެއް އޮތުމަކީ ކޮންމެހެން މުހިއްމުކަމެއް. ކޮވިޑްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އޮޕޮސިޝަން ނެތިދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ވަރައްވެސް އުފާވެރި ހަބަރެއް. އަޒީބެ ވެސް އިރާދަކުރެއްވިއްޔާ ދެން ޖައްސަވާނެ https://t.co/gKc05CRmfI
— Fayyaz Ismail (@faya_i) February 4, 2021
މިނިސްޓަރ ފައްޔާޒް، އަޒީއަށް ނިސްބަތްކުރަށްވައި މިގޮތަށް ވިދާޅުވެފައިވަނީ، އިންޑިޔާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ނުޖައްސަވާނެކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު، ވިދާޅުވެފައި ވާތީއެވެ. ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ދެކޮޅު ހައްދަވައި، ވެކްސިން ނުޖައްސަވާނެ ކަމަށް މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެފައިވަނީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އަދި މީޑިއާތަކުގައި ކިތަންމެ ވަރަކަށް އެ ވެކްސިން ޕްރޮމޯޓު ކުރިޔަސް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް އިތުބާރު ނުކުރައްވާނޭ ކަމަށް އަޒީ ވަނީ ވިދާޅުވެފައެވެ.
އެކަމާގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އިދިކޮޅު ޕީޕީއެމާއި ޕީއެންސީންވެސް ވަނީ ކޮވިޝީލްޑު ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފަ އެވެ. އަދި ވެކްސިން ނުޖެހުމަށް އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަނީ ގޮވާލަމުންނެވެ.
"ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން ފޮމިއުލާ ބޭނުންކޮށްގެން އިންޑިޔާގެ ސިރަމް އިންސްޓިޓުޓުން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. މި ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަދެވިފައިވާ ވެކްސިނެކެވެ.
ކޯވިޑް-19 އަށް ޗައިނާގައި އުފައްދާ ވެކްސިން ތަކުގެ ތެރެއިން ސިނޮފާމް ގެ ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ހުސްވި މަހު ވަނީ ޗައިނާ ސަރުކާރުން ދީފައެވެ. މިހާތަނަށް ސިނޮފާމުން އާންމުކޮށްފައިވާ ޑޭޓާ ތަކަށް ބަލާއިރު މިވެކްސިންގެ ރައްކާތެރިކަން 79 އިންސައްތައަށް ވުރެ މަތި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު