އަހުމަދު ޝާހް   6 ފެބްރުއަރީ 2021 - 0:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އިދިކޮޅު ޕީޕީއެމްގެ މެމްބަރުން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޙަމާލާދޭން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު މާލޭގައި މިއަދުވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިންނާ ރައީސް ނަޝީދު ބައްދަލުވެފައިވަނީ ގ. ކެނެރީގެ ކައިރިން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ރޫޙު ހުރިގޮތުން ރައީސް ނަޝީދަށް ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި އެމަނިކުފާނުގެ ބޮޑީގާޑު ވަނީ ރައީސް ނަޝީދު މުޒާހަރާގެ ބައިވެރިންނާ ފޭއަށް ޖައްސާފައެވެ.

އެކަމާ ގުޅިގެން ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް ވިދާޅުވީ، ޕީޕީއެމް މުޒާހަރާ ވެސް ކުރަންވާނެ ކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ހަމަލާދޭން އުޅުމަކީ މުޒާހަރާކުރުމެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ގަޔަށް ބޮލަށް އަރަން ނުޖެހޭ ކަމަށާއި، އެކަމުން ރައީސް ޔާމީނަށް ލުޔެއް ނުލިބޭނެ ކަމަށް ދޮންބިލެއް ޙަލީމް ވިދާޅުވިއެވެ. އޭގެ އިތުރުން ދޮންބިލެއް ވަނީ އިދިކޮޅުގެ މުޒާހަރާއަކީ ކޯވިޑް ފެތުރުމަށް ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށް ގޮވާލައްވާފައެވެ.



ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު ވެސް ވަނީ ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ރައީސް ނަޝީދަށް ޙަމަލާދޭން އުޅުނު ކަމަށް ތުހުމަތު ކުރަށްވާފައެވެ. މޫކޭ ވިދާޅުވީ، ރައީސް ނަޝީދުގެ ގެޔަށްގޮސް ދިމާކޮށް ގަޔަށް އަތްލާން އުޅުމުން ވާނެ މޮޅެއް ނޯންނާނެ ކަމަށެވެ.



ޕީޕީއެމްއިން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި މާގިނަ ބަޔަކު ބައިވެރި ނުވި ނަމަވެސް، މި މުޒާހަރާއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބަކުރު

11-Feb-2021

އަންނިއަކީދޮގުހަދަންކުޅަދާނެލީޑަރެއް


-3

ބަތޫތާ

11-Feb-2021

އަންނިއަކީދޮގުހަދަންކުޅަދާނެލީޑަރެއް


9

ޯގަންޖާ

11-Feb-2021

ހުސް ދޮގު


-4

މަނޭ

11-Feb-2021

ހަމަލާ ދޭންއުޅުނުކަމަށް ދޮންބިލެތާ މޫކޭ ބުނަންވާނީ ހެކިހުރެގެން.ކަލޭމެން އެމްޑީޕީ ގުންޑާއިން މިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީނުގެ ގެކޮޅު ކައިރިޔަށް އެއްވެ ގާއުކާ ބިއްލޫރިތަށް ތަޅާހެދި މަންޒަރާ ފޮޓޯވެސް މީޑިޔާތަކުގަ ހުންނާނެ. އެފަދަ ނާތަހުޒީބު ކަންކަން މާޒީގަވެސް ކޮށްފައޮތީ ތިޔަބައިމީހުން. ރައީސް ޔާމީނުގެ ސަޕޯޓަރުން ކަންކަން ކުރާނީ ރީތިކޮށް ފަރިކޮށް ފޮނިކޮށް ކަޑަވާނެ!!!!!


0

މަނޭ

11-Feb-2021

ދޮންބިލެތަށް މިއަދު އެނގިއްޖެ ނަސީދު ގޭދޮށުގަ ހަޅޭއްފަޅޭއްޖެހީމަ ރަނގަޅުނޫންކަން ދެން ކީއްވެބާ ޔާމީނުމެނގޭދޮށުގަ މީގެ ކުރީން ހަޅޭއްފަޅޭއްޖަހާ މީހުން އެއްކުރީ.


19

ޖާބިރު

11-Feb-2021

ވެރިކަން ވެއްޓުމުން މާފަންނު ގަޑިބުރު ދޮށުގަ ކޮންމެރެއަކު ހޭރެންތިބީ ކޮންބައެއްތަ? އެހިސާބުގަނޑު ގޭގޭގެ ކުދިބޮޑު އެކަކަށްވެސް ލޮލުފިޔައެއް ޖެހިޔަނުދީ ރޭގަނޑު އެކެއްދޭއްޖަހަންދެން އެންމްޑީޕީ ޕަޕެޓުން ދުވި..


8

ކަލާފާނު

11-Feb-2021

ތިޔަ ވާހަކަ ދައްކައިގެން މީހުންބޮލަކައް މިއަދު ޗިޕެއް ނުޖެހޭނެ.. ރައްޔިތުން ގެ ސިމްޕަތީ ވޯޓް ލިބޭނެ ކަމައް ގް ޖައްސަން ނޫޅޭ


2

ކިނބޫ

11-Feb-2021

ދެން ކިހިނެއްވީ! އެވަރު ކަމެއްތަ އެއީ?


6

ކިނބޫ

11-Feb-2021

ކޮންއިރަކު ކާކު? ނޫޅޭ. ހަމަ ހުސް ދޮގު.


10

ގޮމާ

11-Feb-2021

އޭނަ އުޅޭގެ ހުންނަނީ މަޖީދީމަގު ގަ ތަ؟ އިޙްތިޖާޖް ކުރި މީހުން އެބުނާ ގެއެއް ހުރި ގޯޅިގަނޑަކަށްނުވަދެ ގައިމު...ތިވާނީ ތިބުނާ މީހަކު އިޙްތިޖާޖުގެ ބައިވެރިންނާ ފޮށެން ވެގެން ގޭގައި ނޯވެވިގެން މަޖީދީމަގަށް ނުކުތީކަމަށް 🤷🤷 ެ


6

ޛ4

06-Feb-2021

ޜޯބުހުތާން ދޮގު


12

އަލީ

06-Feb-2021

ހުޅުޖެހުމާހަމަލާދޭނީއެމްޑީޕީއައްނިސްބައް ވާމީހުން



ޓްރެންޑިން