42 ވަނަ ބައި
..................
އަހަންނާމެދު ތިޔަފާޑަށް ވާހަކަ ދެއްކުމުގައި، އޮތީ ކޮންޙައްޤެއް ހެއްޔެވެ. ނޫނީ ތިޔަފަދަ ޙައްޤެއް ޔާދިރަށް ދިނީ ކާކު ހެއްޔެވެ. އަދި އަހަރެން އަންނަންވީ ކީއްކުރަން ހެއްޔެވެ.... ކީއްކުރަން ހެއްޔެވެ.... އަހަންނަކީ ޔާދިރުގެ އަސީރެއް ހެއްޔެވެ.... ޔާދިރަށް ސަލާންޖަހާ މީހެއް ހެއްޔެވެ. ތިމާގެ އަމިއްލަ ނަފްސާމެދު ހީކުރަނީ ކީކޭ ހެއްޔެވެ؟
ބަލާ ބަލާށެވެ.... ރަމްލާއެވެ.... ކުރިމަތީ އޮތީ ކައްސާ ތަނެކެވެ. އެންމެފިޔަވަޅެއްވެސް ކުރިޔަށް ނާޅާށެވެ.
ކަލެޔަކީ މީހެއްގެ އަންބެކެވެ. އެއީ، މީހެއްގެ ފިރިއެކެވެ. ކަލޭ ތިޔަދަނީ އަދި މިހާތަނަށް ދުނިޔެ ކެތްކޮށްފައި ނުވާކަމެއް ކުރުމަށެވެ.
[އަހަރެންގެ ވާހަކައިގެ ޖަވާބުދީބަލާށެވެ.] ޔާދިރު ރަޖާގަނޑުގެ ދަށުން ފައިހަލުވާލުމުން ރަމްލާގެ އިޚްތިޔާރުން ބޭރުގައިވާ ހިތްތެޅިގަތެވެ. އޭނާގެ ފައިގެ މަތީގައި ބޯބާއްވާފައި ގިސްލަ ގިސްލާފައި ރޮއިގަތުމަށް އެދުނެވެ. އަދި ބުނުމަށް ހިތަށް އެރިއެވެ.
[ޔާދިރުއެވެ. އަހަންނަށް މަޢާފުކުރާށެވެ. އަހަންނަށް އަމާންކަން ދޭށެވެ. އަހަރެންގެ ދުވަސް ދުއްވާނުލާށެވެ. ތެދެކެވެ. ޔާދިރު ފެނުމުން އަހަރެންގެ މަގު އޮޅިއްޖެއެވެ. އެކަމަކު މާދުރަކަށް ދިއުމުގެ ހިތްވަރެއްގެ އަހަންނަކަށް ލިބިފައެއް ނުވެއެވެ..... ލެއިން ތަތް ތެޅިއްޖެއެވެ.... ޒަޚަމް ވެއްޖެއެވެ.... އަހަރެން ދޫކޮށްލާށެވެ. އަހަންނަށް މިއަނިޔާވެރިކަމުގެ ފިލާވަޅު ނުދޭށެވެ....]
[އަހަރެންގެ ވާހަކަ ކަމުނުދިޔައީ ދޯއެވެ.] ޔާދިރު ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ.
[ލައްބައެވެ.] ރަމްލާ ބޯޖަހާލިއެވެ.
އެއާއެކު ޔާދިރު ފުންމައިގެން އެނދުން ތެދުވެއްޖެއެވެ. އަދި ރަމްލާގެ ފައިބުޑުގައި އިށީދެއްޖެއެވެ. ދެން ރަމްލާގެ ފިނިދެފައިގައި ހިފެހެއްޓުމާއެކު ފައިތިލައިގާ ބޮސްދެމުން ބުންޏެވެ.
[އަހަންނަށް މަޢާފުކުރާށެވެ.....]
ކުޑަހިނދުކޮޅެއްގެ ތެރޭގައި ރަމްލާއާއި ޤިޔާމަތެއް ކުރިމަތިވެއްޖެއެވެ. އޭނާ ބިރުގަތެވެ. ހިތްތެޅެން ފަށައިފިއެވެ. އޭނާ ބުންޏެވެ.
[ތިޔަކުރައްވަނީ ކޮންކަމެއްތޯއެވެ؟ ކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑުގެ ފައިން ދޫކޮށްލައްވާށެވެ. ޖައްޔިދާ އަތުވެދާނެއެވެ. އޭނާ ބުނާނީ ފަހެ ކީކޭތޯއެވެ؟]
[ރަމްލާ އަހަންނަށް މަޢާފުނުކުރާހާ ހިނދަކު އަދި އަހަރެން ބުނާ އެއްވެސް ވާހަކައާމެދު ހިތްބަރު ނުކުރުމަށް ވަޢުދުނުވާހާ ހިނދަކު އަހަރެން އިންނާނީ މިހެން މިފައިގާ ހިފަހައްޓައި ގެންނެވެ. ޖައްޔިދާއާމެދު އަހަރެންގެ ފަރުވާލެއްނެތެވެ. އަދި އެއްވެސް މީހަކާމެދު އަހަރެން ބިރެއް ނުގަނެއެވެ.]
[އަޅުގަނޑު ވަޢުދުވަމެވެ.] ޔާދިރުގެ ޖުމްލަ ނިމުމާއެކު ރަމްލާ ބުންޏެވެ.] ޔާދިރު ދައްކަވާ އެއްވެސް ވާހަކައަކާމެދު ހިތްބަރު ނުކުރުމަށް ވައުދުވަމެވެ.]
ޔާދިރު ރަމްލާގެ ފައިން ދޫކޮށްލައިފިއެވެ. އަނެއްކާވެސް އައިސް އެނދަށް އަރައިފިއެވެ. އެކަމަކު ރަމްލާގެ އުތުރި އަރަމުންދާ ނޭވާއަކަށް ބަދަލެއްނައެވެ.
ހަމަ އެވަގުތު ޖައްޔިދާ ކޮފީ ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
އޭނާފުރަތަމަ ތަށި ރަމްލާއަށް ދިއްކޮށްލިއެވެ. އެކަމަކު ރަމްލާގެ މޫނުމަތީގައިވާ ކުދިކުދި ޝަބްނަމްގެ ތިކިތައް އޭނާއަށް ފެނުނުކަމެއް ނޭގައެވެ. ދެވަނަ ތަށި ޔާދިރާއި ދިމާއަށް ދިއްކޮށްލިއެވެ. އެއާއެކު ޔާދިރު އުފާވެލާފައި ބުންޏެވެ.
[ޑާލިންގއެވެ. މިއަދު އަހަރެންގެ އަނގައިގާ ކޮފީތަށި ޖައްސަންވާނީ ތިޔަ އަތުންނެވެ.]
[އެއީ ކީއްވެގެންތޯއެވެ؟] ޖައްޔިދާ ސައިޑް ޓޭބަލް މަތީގައި ކޮފީތަށި ބަހައްޓަމުން ބުންޏެވެ. [މިއަދު ތިޔަ ހިލުނީ ކޮންކަހަލަ ބަލިގަނޑެއް ތޯއެވެ؟]
ޔާދިރު ޖައްޔިދާގެ އަތުގައި ހިފަހައްޓައިފިއެވެ. ތިޔަހެން ނުދެވޭނެއެވެ. ފުރަތަމަ އަހަރެންގެ އަނގައިގާ ކޮފީތަށި ޖައްސާށެވެ.]
[އެންމެ ރަނގަޅެވެ. އަޅުގަނޑުގެ ތަށި ބަހައްޓާފައި އެބަ އަންނަމެވެ.]
[ނޫނެކެވެ. މިތާނގައި ބަހައްޓާށެވެ.
[ޔާދިރު އެވެ. ތިޔަގޮތަށް ކުޑަކުދިން އަންނަކަހަލަ ރުޅި އަންނަންޏާ އަޅުގަނޑު ގާތަށް ވަރަށް ރުޅި އާދެއެވެ.] ޖައްޔިދާ އެނދުގެ ހުރަސްކޮޅުގައި އިށީނދެފައި ޔާދިރުގެ ތުންފަތުގާ ކޮފީތަށި ޖައްސައިފިއެވެ.
[އަހަރެން ބުނެފައި އޮންނާނީ ގޭގާއުޅޭއިރު އަބަދުވެސް ދަރިއެއް ފަދައިން އަހަންނާމެދު ކަންތައް ކޮށްދިނުމަށެވެ.]
[އެންމެ ރަނގަޅެވެ. ޔާދިރުއާއި ހެދި އަޅުގަނޑުގެ ފުރާނަ ދުއްވާލާ ފާނަމެވެ.]
[ޑާރލިންގއެވެ. ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ނުވާނެއެވެ. ރަޙްމަތްތެރިޔާ ބުނާނީ ކީކޭ ހެއްޔެވެ؟]
ރަމްލާ މަޑުމަޑުން ކޮފީގެ ކޯވަރުތައް ދިރުވަން ފަށައިފިއެވެ. އަދި ޔާދިރުގެ އާދަކާދައާމެދު ވިސްނަން ފަށައިފިއެވެ..... ކުޑައިރުކޮޅަކަށްފަހު ޖައްޔިދާ ތެދުވެފައި ބުންޏެވެ.
[ބުނެބަލާށެވެ. އަހަރެންގެ އަތުގައި ވަރަށްގިނަ ލަވަ އެބަހުއްޓެވެ. ރަމްލާ އެންމެ އަހާހިތްވަނީ ކޮންވައްތަރެއްގެ ލަވައެއް ހެއްޔެވެ؟]
[އަހަރެން އެއްވެސް ފާޑެއްގެ ލަވައެއް އަޑުއަހާ ހިތެއްނުވެއެވެ.]
[ދޮގެކެވެ. އަހަރެން ޤަބޫލެއް ނުކުރާނަމެވެ.] ޖައްޔިދާ ބުންޏެވެ.
[ޙަޤީޤަތުގައި އަހަރެން އެންމެ އަހާ ހިތްވަނީ ހިތާމައިގެ ލަވައެވެ. މިދުވަސްވަރު އެފާޑުގެ ލަވަތައް އަޑުއަހާ ހިތްވާނީ ކާކު ހެއްޔެވެ؟]
[ތިޔަކަމުން ދޭހަވަނީ ރަމްލާގެ ހިތުގައި ވަރަށްގިނަ ކޫރުން އެޅިފައިވާ ކަމުގައެވެ.] ޔާދިރު ބުންޏެވެ. އެއާއެކު ރަމްލާގެ ހިތް ތެޅިގަތެވެ.
[އެހެން މީހުންނަށް ހިތާމަތައް ދެމުންގެންދާ، މީހުންނަށް ރީތިވާނީ އެފާޑުގެ ލަވައެވެ.] ރަމްލާ އުފަލާއި، ހިތާމައިގެ ދެމެދަށް ފެތުނެވެ. އެއްވެސް ކޮޅަކަށް ބުރައެއް ނުވެއެވެ.
[އެންމެ ރަނގަޅެވެ. ފުރަތަމަ އަހަރެން ޔާދިރުއަށް ރީތިލަވައެއް ޖަހާލާނަމެވެ.] ޖައްޔިދާ ތެދުވެފައި އެހެން ރޯލަކަށް ބަދަލުކޮށްލިއެވެ. އެމީހުން އިރުކޮޅެއް ވަންދެން ލަވައަޑުއަހަން ތިއްބެވެ. ރަމްލާ އިނީ ނޫސް ކިޔުމުގައި ގެއްލިފައެވެ.
ޖައްޔިދާ ކުއްލިއަކަށް ތެދުވެފައި ޓޭޕްރެކޯޑަރ ނިވާލިއެވެ. އަދި ބުނަންފެށިއެވެ.
[ރަމްލާ ބުނަނީ ކީކޭ ހެއްޔެވެ؟] މިއަދު ދާނީ ޔާދިރުގެ ލަވައެއް އަޑުނާހާ ހެއްޔެވެ؟
[މިއީ..... މިއީ.... ލަވަވެސް ކިޔާމީހެއް ހެއްޔެވެ.] އޭނާ ޙައިރާންވެފައި އެހިއެވެ.
[އާއެކެވެ. ވަރަށް ރީއްޗަށް ލަވަކިޔައެވެ. އަހަރެން ބަރުބާދުކޮށްލީ އޭނާގެ އަޑެވެ.]
[ޖައްޔިދާއެވެ. ދެން ހުއްޓާލާށެވެ.] ޔާދިރު މަޑުމަޑުން ބުންޏެވެ. [މިހާރު ދެން ވޭތުވެދިޔަ ޒަމާނުގެ ފަސްފުނިތައް ނުކޮންނާށެވެ. ތެދެކެވެ. އެއްޒަމާނެއްގައި އަހަރެން ލަވަކިޔާ އުޅުނީމެވެ. މިހާރަކު ހަނދާނެއްވެސް ނެތެވެ....]
[ދެކެބަލާށެވެ..... އަހަރެން މިބުނާ ވަހަކައިގެ ހެކި ދެކެބަލާށެވެ.] ޖައްޔިދާ ރަމްލާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ.] ލަވަކިޔާ މީހުން ފަދައިން ޔާދިރު އަބަދުވެސް ކަންތައްތަކާ ދެކޮޅު ހަދާނެއެވެ. އަދި އެހާވަރަށް އާދޭސްވެސް ކުރުވާނެއެވެ. މިއަދު ރަމްލާ އާދޭސްކުރާށެވެ. އަހަރެން މިއަދަކު އާދޭހެއް ނުކުރާނަމެވެ.]
އިރުކޮޅެއް ވަންދެން އެދެމީހުން ޔާދިރުއަށް އުނދަގޫ ކުރިއެވެ. އެންމެފަހުން ޔާދިރު އޭނާގެ ބަރުއަޑުން ނާނާ އަޅުވާލިއެވެ.
އޭނާގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ. ހިތްދަމައިގަންނަ ގޮތެވެ. ޚުދު އޭނާވެސްއިނީ ލަވައިގެ ތެރެއަށް ގެއްލިފައެވެ. އަދި ހަމައެހެންމެ ރަމްލާއާއި ޖައްޔިދާވެސް ތިބީ އަޑުގެ ތެރެއަށް ގެއްލިފައެވެ.
ލަވަ ނިމުމާއިއެކު ބޭރުން ރަނގަބީލު ވެއްޖެއެވެ. ރަމްލާއަށް ހޭވަރިކަންވީ ކަހަލައެވެ. ނޯކަރު ރަމްލާ ބަލާ އައީއެވެ. ރަމްލާ ގަޑި ބަލާލިއެވެ. ގަޑިން ރޭގަނޑުގެ ދިހައެއް ޖަހަނީއެވެ. އޭނާ އައީ ކުޑަކުޑަ އިރުކޮޅަކަށް ޓަކައެވެ. އޭނާ ޖައްޔިދާއާއި ޔާދިރުގެ ގާތުގައި ބުނެފައި ބޭރަށް ނުކުމެއްޖެއެވެ.
ގެއަށް ދިޔައިރު މަންމަ މަޢޫޒުނަގާ ކޮނޑުމަތީގައި ބާއްވައިގެން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މޫނު މަތީގައިވަނީ ރުޅިވެރިކަމުގެ އަސަރެވެ.
[ރަމްލާއެވެ. ކިހިނެއްވީ ހެއްޔެވެ؟.....] މަންމަ ރުޅިއައިސްފައި ބުންޏެވެ. ހަމަޖެހިލާފައި އަންނާނަމޭ ބުނިމީހާ މިހާރު ކިހާއިރެއްވެއްޖެ ހެއްޔެވެ.]
[މަޢޫޒު ހޭލީ ކިހާ އިރަކުތޯއެވެ؟]
އޭނާ މަންމައަށް ޖަވާބު ދިނުމުގެ ބަދަލުގައި މަޢޫޒު އުރާލިއެވެ.
[ރަމްލާ ދިޔަތާ ބައިގަޑިއިރުގެ ތެރޭގައި އޭނާ ހޭލައިފިއެވެ. ރޮއިރޮއި އެފަކީރު އެއިނީ ވަރުބަލިވެފައެވެ. އެންމެ ފަހުން އަހަންނަށް ކެތްނުކުރެވިގެން ނޯކަރު ފޮނުވީއެވެ. ރަމްލާއަކީ، މިހާރު އެގޮތަށް ތަންތަނަށްގޮސް އުޅެވޭނެ މީހެއް ނޫނެވެ.]
ރަމްލާ މަޢޫޒު މޭގާ ޖައްސާލިއެވެ. އަދިވެސް އެފަކީރަށް ގިސްލެވެއެވެ. ލޮލުގެ ކައިރީގައި ކަރުނަތައް ހުއްޓެވެ. ރަމްލާ އޭނާ ގޮވައިގެން ކޮޓަރިއަށް ހިނގައްޖެއެވެ.
ރަމްލާ މަޢޫޒު ފެންވަރުވައިގެން ބޭރަށް ނުކުތްއިރު މައިދައިތަ އިނީ ސައި ތައްޔާރު ކޮށްގެންނެވެ. އެވަގުތު އޭނާ ކައިރީގައި ހިސާބުގަނޑުގެ ހައެއްކަ އަންހެނުން ތިއްބެވެ. ސައިތަބައް ކުރިމަތީގައި ބަހައްޓާފައި މައިދައިތަ ހެދިކާތަބައް ދިއްކުރަނީއެވެ. ރަމްލާ މުޢާޒުއާއެކު ގެއަށް އައީ ވެތުވެދިޔަ ހަފްތާގެ ތެރޭގައެވެ. މުޅި ކޮލޮނީގެ ހުރިހާ އަންހެނުން އޭނާއަށް އިޙްތިރާމް ކުރެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގްރޫޕެއް އޭނާއަށް މުބާރަކުބާދު ކިޔުމަށްޓަކައި ކޮންމެވެސް ކަހަލަ ފޮނި ކާއެއްޗެއް ހިފައިގެން އާދެއެވެ. މާމަ ދަރިފުޅު ދުނިޔެއަށް އައުމުގެ އުފަލުގައެވެ.
މިއަދުވެސް މިމީހުން އައީ އުފާފާޅުކުރުމަށް ޓަކައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މައިދައިތަ ރަމްލާއަށް ގޮވާލާފައި، ދަރިފުޅު ގޮވައިގެން އައުމަށް ބުންޏެވެ.
ރަމްލާ އަވަސްއަވަހަށް ހޫނުފެނުން މަޢޫޒު ފެންވަރުވާފައި ސެންޓް ޖަހާލިއެވެ. ދެން ބޭރަށް ނުކުތީއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު