އިސްތިއުފާދެއްވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
އިސްތިއުފާދެއްވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
މި ސަރުކާރުން އެންމެ ބޮޑު ބޭއިންސާފެއް ލިބުނު މީހަކަށް އޭނާ ވާނެކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މަޤާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ޝިދާތާގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވިތާ މިއަދަށް އެއްއަހަރުދުވަސް ފުރުން ފާހަގަ ކުރައްވައި، ޝިދާތާ ފޭސްބުކްގައި ވިދާޅުވީ، މި ސަރުކާރުން އެންމެބޮޑު ބޭއިންސާފެއް ލިބުނު މީހަކަށް އޭނާ ވާނެ ކަމަށެވެ. ނަމަވެސް މިއަދު މަގުމަތިވެ ބާކީވެފައި ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.



އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެންނަން އެކަކަށް އެންމެ ބުރަ މަސައްކަތް ކުރެއްވި މީހަކަށް އޭނާ ވާނެ ކަމަށާއި، ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމް ކުރުމަށް ކަމަށް ޝިދާތާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އޭނާއާމެދު ބޭއިންސާފުން ކަންކޮށްފައި ވީނަމަވެސް ސިޔާސީގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. މީގެއިތުރުން މި ވެރިކަން ގެނައުމަށް ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ހައްގުގައި ބިރެއް ނެތި އޭނާ މަސައްކަތް ކުރެއްވިކަން ޝިދާތާވަނީ ފާހަގަ ކުރަށްވާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި، އަންހެނުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ ޢަމަލުތައް ބޮއްުސުންލައި، އެ މައްސަލަތައް ޙައްލު ކުރުމުގައި ޝިދާތާގެ ޤާބިލް ކަމެއް ނެތްކަމުގެ އަޑުތައްގަދަވެ މިނިސްޓަރު ކަމުގެ މަޤާމުން ޝިދާތާ އިސްތިއުފާ ދެއްވީ މީގެ އަހަރެއް ކުރިންނެވެ.


ކިޔުންތެރިންގެ ހިޔާލު


8

ހަސަން

11-Feb-2021

ޝިދާތާ އަކަށް ނޭނގޭތަ ކިތަންމެވަރަކަށް ކާންދިނަށް މިނިކާވަގު މުސަޅަކަށް ނުވާނެކަން. ތިޔައީ ކަށިން ހިއްވަރުނެރެގެން ގެނައި އޯގާތެރި ސަރުކާރުތާ. މަނަމަ އަނގަވެސް ނުހުޅުވާނަން. ޢަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް. ދެން ލޯމަތީ އަތްއަޅާލައިގެން ހުރޭ.


5

ސިފާޒު

11-Feb-2021

ކަލޭ ކޮންއިރަކު ގެނައި ސަރުކާރެއް؟. ބޭއިންސާފޭ ފޯކޭ ކިޔަން ލަދެއްވެސް ނުގަނޭތަ؟ މަގާމުގެ ޒިންމާ އަދާނުކުރެވުނީމަ ބޭރުކޮއްލީ! އާން މަޝައްވާނެ އޭ ކިޔައިގެން އުޅެންވާނެ އަދިވެސް! ދެންވެސް ތި އިންނަން އުޅޭ ޅާ އަކައި އިދެގެން ރަނގަޅަށް އުޅެވޭތޯ ބަލާބެ!


-2

ހަލަބޮލި

11-Feb-2021

ޝިދާތާ އަމިއްލައަށް ޤަބޫލުކުރީ ތިމަންނާއަކަށް މިނިސްޓްރީ ނުހިންގޭކަން. ދެން މިހާރު ކޮންހާ ހާސަރުގަނޑެއް މިދަމަނީ.



ޓްރެންޑިން