އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
އާދަމް ޝަރީފް ޢުމަރު. އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ
ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ފަހަކަށް އައިސް ހިނގަމުންދާ ހިތާމަވެރި ޙާދިސާތަކުގެ ސަބަބުން އެ ބަނދަރުގެ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާޕެޓް ރޯލެއް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނެއް މިވަގުތު އޮތީ ސީރިއަސް ޙާލަތެއްގައެވެ. މި ޙާދިސާގައި އަނިޔާ ވެފައިވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން ޢަލީ، 28އ އަށެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރައްކާތެރި މާޙައުލެއް ފޯރުކޮށް ދިނުމާއި، ރައްކާތެރި ގޮތުގައި މަސައްކަތުގެ މާޙައުލުގައި ޙަރަކާތްތެރިވާނެގޮތުގެ ތަމްރީންތައް މުވައްޒަފުންނަށް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެފަދަ ތަމްރީނާއި، މާޙައުލެއް ތަނަވަސްކޮށްދިނުމެއް ނެތި, ކޮވިޑްގެ ސަބަބުން މިވަގުތު ދަތީގައި ތިބި މުވައްޒަފުންނަށް އަދަބު ދިނުމުން ޙާސިލުވާނެ ކަމެއް ނޯންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ކާޕެޓް ރޯލެއްގެ ދަށުވެ ޒަހަމްވި 28 އަހަރުގެ މީހާއަކީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތް ކުރަމުން އައި މަޖޫރީއެކެވެ. އޭނާގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ ކެރޭނަކުން ރޯލް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގަ އެވެ. މި އެކްސިޑެންޓަށް ފަހު އެމްޕީއެލް އިން ވަނީ އެ މައްސަލަ ބަލައި ނިމެންދެން މިނާ ގްރޫޕާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކޮށްފަ އެވެ.

ކާޕެޓް ރޯލެއް ދަށުވެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެ މިދިޔަ ޖެނުއަރީ 7 ވަނަ ދުވަހު ޒަހަމްވި މީހުންގެ ތެރެއިން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެެމުން ދިޔަ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް 27، ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން