ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ޗައިނާ އަކީ ރާއްޖޭގެ އިދިކޮޅު ޕާޓީގެ ގޮތުގައި ބައެއް މެމްބަރުންނަށް ފެނުމަކީ ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެނެރަލް ޑީޑީ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭ ސަރަޙައްދުގެ ޒުވާނުންނަށް ޚާއްސަކޮށް ހިތްހަމަ ޖެއްސުމާއި މަޖާކުރުމަށް މަރުކަޒެއް ޤާއިމު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ހުށައެޅުއްވި ޤަރާރުގެ ބަހުސްގެ ތެރޭގައި ޗައިނާ ރައްޔިތުންނަށް ނިސްބަތްކޮށް "ލޯކުދި މީހުން" ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވުމާ ގުޅިގެންނެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މިއަދުގެ ޖަލްސާގައި ވިދާޅުވީ "ލޯ ކުދި މީހުންނަށް" ދައްކަން ކުރީ ސަރުކާރުގައި ޕާކުތަކުގައި ބެހެއްޓީ ޕްލާސްޓިކް ގަސްކަމަށެވެ. އަދި އެއީ ދިވެހި ޒުވާނުން ބޭނުންވާ ހާސްކަމެއްނެތް މާޙައުލު ނޫންކަމަށް ޝިޔާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޖެނެރަލް ޑީޑީ ވިދާޅުވީ، ދުނިޔޭގެ ބޮޑު ބާރެއް އިދިކޮޅު ޕާޓީގެ ގޮތުގައި ބައެއް މެމްބަރުންނަށް ހީވުމަކީ ދެރަކަމެއް ކަމަށެވެ.



މިއަދުގެ ޖަލްސާގައި ޝިޔާން އެހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މަޖިލީހުގައި އެއްވެސް ގައުމެއްގެ، އެއްވެސް ނަސްލެއްގެ އެއްވެސް ބަޔެއްގެ ސިފަޔަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ ބަސްމަގު ރަނގަޅު ކުރުމަށް ޝިޔާނަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އައްލާ

11-Feb-2021

މަގާމައްދޭށިޔެހިއްވަރަކޮއްލަ



ޓްރެންޑިން