ޑރ. އިޔާޒް (ވ) އާއި އެލެކްސްގެ ޓްވިޓަރ ހޭންޑަލްގައި ބޭނުން ކުރާ ފޮޓޯ (ކ)
ޑރ. އިޔާޒް (ވ) އާއި އެލެކްސްގެ ޓްވިޓަރ ހޭންޑަލްގައި ބޭނުން ކުރާ ފޮޓޯ (ކ)
އަމިއްލަ އަށް ދަންނަބޭކަލުންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލެއްވުނު ދުވަސް މާޒީ ވެއްޖެ ކަމަށް ވިދާޅުވެ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން، ޑރ. އިޔާޒަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭ ސަރަޙައްދުގެ ޒުވާނުންނަށް ޚާއްސަކޮށް ލަވަޔާއި، މިއުޒިކާއެކު ހިތްހަމަ ޖައްސައި މަޖާ ކުރުމަށް މަރުކަޒެއް ޤާއިމު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ހުށައެޅުއްވި ޤަރާރަށް ފާޑު ވިދާޅުވެ ޑރ. އިޔާޒް ވަނީ މަޖިލީހުގެ މެމްބަރުން ސައިޒު އޮޅިގެން ނޫޅުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ޙަރާމް ޙަލާލް ކަނޑައެޅުމަކީ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ، މިއުޒިކަކީ ޙަރާމް އެއްޗެއްގެ ގޮތުގައި ޑރ. އިޔާޒް ވަނީ ސިފަކުރަށްވާފައެވެ.

ޑރ. އިޔާޒަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ބުނާ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޑރ. އިޔާޒްމެންނަށް ލިބިފައިވަނީ ޢިލްމުގެ ވަރަށް ތިލަ މިންވަރެއް ކަމަށެވެ. އަދި އަމިއްލަ އަށް ދަންނަބޭކަލުން ކިޔައިގެން ރައްޔިތުންނަށް އޮޅުވާލެއްވުނު ދުވަސް މާޒީ ވެއްޖެ ކަމަށް އެލެކްސް ވަނީ ވިދާޅުވެފައެވެ. އަދި ޑރ. އިޔާޒް ގޮވަނީ މޮޔަ ކަމަށާއި، އެވާހަކަ އަޑުއަހާނެ މީހަކު ނެތްކަމަށް ވެސް އެލެކްސް ވަނީ ވިދާޅުވެފައެވެ.

"އަމިއްލައަށް ދަންނަ ބޭކަލުން ކިޔައިގެން ރައްޔިތުންނަށް އޮޅުވާލެވޭ ދުވަސް މާޒީ ވެއްޖެ. ލާދީނީ ޓެގެއްވެސް ނޭޅުވޭ. އަދި ތިޔަގޮވާ މޮޔަ އަޑުއަހާނެ މީހަކުވެސް ނެތް." އެލެކްސް ވިދާޅުވެފައިވެއެވެ.

އެލެކްސްގެ ވާހަކަތަކާ ގުޅިގެން ޢާއްމުކޮށް ދީނީ ގޮތުން ޚިޔާލުތަފާތުވާ ކަންތައްތަކުގައި ސިޔާސީ ރައްދު ދެއްވާ ޑރ. އިޔާޒް ވިދާޅުވެފައިވަނީ، އެލެކްސް އަމިއްލަފުޅަށް އިސްތިއުފާ ދިނުމަށްފަހު ބޮލުގައި ބަޑި ޖެއްސިކަމަށް ބުނާ ވާހަކަވެސް ޤަބޫލުކުރާ މީހަކު މިހާރު ނެތް ކަމަށެވެ. އަދި ބާކީއޮތް ތަނުގައިވެސް އިސްލާޙުވުން މާ ހެޔޮވާނެ ކަމަށް ވިދާޅުވެ ޑރ. އިޔާޒް ވަނީ އެލެކްސް އަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޏިއާ

11-Feb-2021

ތިއަންނި އަށް މަވެސް ކުރިން ތާއީދުކުރިން. ޢެކަމަކު ތިޔަ ބޯހަމަނުޖެހޭ ބެ ދައްކާވާހަކަ މަށަކުވާ ދެން ނާހާނަން. ޙިސާބައްވުރެ ޖާހިލު.


-10

ސަހީ

11-Feb-2021

އެލެކްސް ލާންވީ އުމުރަށް ޖަލަށް އަދަގޮޑިޖަހާފަ. ޢެއީ އެންމެ ހައްގު މަގާމު މުޖްރިމަކަށް


-6

ސޮރީ

11-Feb-2021

އައްޝައިޚް މުހައްމަދު ނަޝީދޫ. ސޮރީ. މުފްތީ މުހައްމަދު ނަޝީދޫ. ވަރައް ސަލާން...


-5

މަސްވެރިއެއް

11-Feb-2021

އާތްތެރި! ދިވެހިރާއްޖޭގެ ދަންނަބޭކަލުންނަކީވެސް އެލެކްސް ރައީސަކީވެސް އެލެކްސް ޖުޑިޝިއަރީއަކީވެސް އެލެކްސް އެޗްޕީއޭއަކީވެސް އެލެކްސް އެލެކްސް އަކީ އަނނ



ޓްރެންޑިން