ޢަލީ ރަމީޒް
ޢަލީ ރަމީޒް
ޝައިޠާނާގެ މިޝަން ފުރިހަމަކުރުމަށް މަސައްކަތް ނުކުރުމަށް ޖަމިއްޖަތުއް ޞަލަފްގެ އިސް ޙަރަކާތްތެރިޔާ ޢަލީ ރަމީޒް ގޮވާލައްވައިފިއެވެ.

މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިއަދު މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ. އަދި އެ ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެ ޤަރާރާއި ގުޅިގެން ޢަލީ ރަމީޒު ވިދާޅުވެފައިވަނީ، ﷲ ޙަރާމްކުރަށްވާފައިވާ ކަންތައްތަކަކީ ޒީނަތްތެރި އެއްޗެއްގެ ގޮތުގައި މީސްތަކުންނަށް ދެއްކުމަކީ ޝައިޠާނާގެ އެންމެ ބޮޑު މިޝަން ކަމަށެވެ. އަދި އެކަން ކޮށްދޭ ބަޔަކަށް ނުވުމަށް ޢަލީ ރަމީޒް ވަނީ ގޮވާލައްވައިފައެވެ.



ކުރިން ލަވައާއި މިއުޒިކް ކުޅުމަށްފަހު، އެކަން ހުއްޓާލައި ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޢަލީ ރަމީޒް އިތުރަށް ވިދާޅުވެފައިވަނީ، މިއުޒިކަކީ ﷲ ޙަރާމް ކުރެއްވި އެއްޗެއްކަމަށެވެ. އަދި މިއުޒިކް ހުއްދަކަމަށް ބުނެ ވާހަކަދައްކާ މީހުން ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ހަމައެއާއެކު ދީނުގެ ޙުކުމްތަކާމެދު ތިމާމެން ހިތުހުރި އެއްޗެއް ކިޔައި މަޖާކުރުމަކީ، ދީނާއިމެދު ތިމާމެންގެ ހިތުގައި އިޙްތިރާމުގެ ކަންފުޅެއްވެސް ނެތްކަން ހާމަވާ ކަމެއް ކަމަށް ޢަލީ ރަމީޒް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ދީނަކީ ކުޅިވަރެއްގެ ގޮތުގައާއި މުނިފޫހި ފިލުވުމެއް ކަމުގައި ހަދާ މީހުންގެ ކިބައިން ދުރުހެލިވުމަށް ﷲ އަންގަވާފައިވާކަމަށް ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސަލާމް

13-Feb-2021

ކާކުތޯނއެކަން ކުރަން އުޅެނީ. ކަލޭވތިހިރީއޭނާއަށް އެކަންވެސް ކޮއްދީފަ. މުސްލަކަށްވެ ހުރެ. އަހަރެމެންއިރާދަކުރއްްވީތީ އެކަމެއް އޭނާއަކަށް ނުކޮއްދެން



ޓްރެންޑިން