ރާއްޖޭގައި ލިޔެވިފައި އޮތް ޒަމާނީ ހިންގުމުގެ ނިޒާމް ކަމުނުދަނީ ސިޔާސީ ބޭފުޅުންނަށް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސައިރިކްސް ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ، ޚުދުމުހުތާރު ވެރިއަކު ބަދަލުވުމަކީ ޚުދުމުހުތާރު ނިޒާމެއް ބަދަލުކުރެވުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރަށްވައި ޝަރީފް ވިދާޅުވީ، 2008 ގެ ފަހުން ރާއްޖޭގައި ބަދަލުވީ ސިސްޓަމްގެ އެއްބައި ކަމަށެވެ. އެގޮތުން ޝަރީފް ސިސްޓަމް ނިސްބަތް ކުރެއްވީ 2008ގެ އޮގަސްޓް މަހު ޢަމަލުކުރަން ފެށި އާ ޤާނޫނު އަސާސީއަށް ކަމަށް ބެލެވެއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ބަދަލުވީ ވެރިކަމުގެ ނިޒާމު ކަމަށާއި، ނަމަވެސް ލިޔެވިފައި އޮތް ސިސްޓަމަށް ޢަމަލު ކުރަން ތިބި ހުރިހާ މީހުންވެސް ކަންތައްތައް ހިންގުމަށް ބޭނުން ކުރަނީ ޒަމާނުއްސުރެ ދަސްވެފައި އޮތް ސިސްޓަމް ކަމަށެވެ. އަދި ރާއްޖޭގެ މުޅި ހިންގުމުގެ ނިޒާމްގެ ބޮޑުބައި ލިޔެވި އެ ނިޒާމަށް މަސައްކަތް ކުރަން ކަމަށް ޤާބިލް މީހުން ޢައްޔަނުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ނަމަވެސް އެންމެ ފަހުބަސް ބުނަންތިބި ގިނަ ސިޔާސީ ބޭފުޅުންނަށް އެ ސިސްޓަމް ވަނީ ކަމުނުގޮސް، އެ ސިސްޓަމް އެމީހުންގެ ފަހަތުން ފޮލޯ ކުރަން ޖައްސާފައި،" ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ފުރޮޅިގެންދިޔަ 7 ފެބްރުއަރީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވެނު ބަދަލާ އެކީގައި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތައް އައި ކަމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ބައެއް ބޭފުޅުންނަށް އެ ބޭފުޅުން ކުރިން ކަންތައްތައް ކުރަށްވަމުން އައި ގޮތާއި، ލިބިވަޑައިގެންނެވި ތަކެއްޗާއި، އިމްތިޔާޒްތަކާއި، ބައެއް ފަސޭހަތައް ހުއްޓި ނެތިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކުރީ ރާއްޖޭގައި އޮތް ޒަމާންވީ ނިޒާމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދުވެސް މުއައްސަސާތައް އިސްލާޙު ކުރަން ޖެހޭ ކަމަށާއި، ޚާއްސަކޮށް ފުލުހުންގެ ތެރޭގައި ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުޤީޤު ހިންގައި އޭގެ އިންސާފު ހޯދަން ޖެހޭ ކަމަށެވެ.

Raahjjeyge mulhi governing system ge bodubai liyevi, e’system ah masahkah kuran qualified meehun vanee ahyan kurevifai. Namaves enme fahubas bunanthibi gina Siyaasee beyfulhunah e’system vanee kamunugos, e’system emeehunge fahathun follow kuran jahsaafai. https://t.co/WXZvorRQzB
— Ahmed Shareef (@shar_f) February 9, 2021
ރައީސް ނަޝީދުގެ ވެރިކަން ފުރޮޅިގެންދިޔަ 7 ފެބްރުއަރީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވެނު ބަދަލާ އެކީގައި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތައް އައި ކަމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ބައެއް ބޭފުޅުންނަށް އެ ބޭފުޅުން ކުރިން ކަންތައްތައް ކުރަށްވަމުން އައި ގޮތާއި، ލިބިވަޑައިގެންނެވި ތަކެއްޗާއި، އިމްތިޔާޒްތަކާއި، ބައެއް ފަސޭހަތައް ހުއްޓި ނެތިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކުރީ ރާއްޖޭގައި އޮތް ޒަމާންވީ ނިޒާމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދުވެސް މުއައްސަސާތައް އިސްލާޙު ކުރަން ޖެހޭ ކަމަށާއި، ޚާއްސަކޮށް ފުލުހުންގެ ތެރޭގައި ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުޤީޤު ހިންގައި އޭގެ އިންސާފު ހޯދަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު