ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ބައެއް ވަޒީރުން އުޅެނީ ރައީސް އަށް ވުރެ ބާރު ގަދަކަން ދައްކަން ކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިއަދު ވިދާޅުވީ، ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމަށް ރައްޔިތުން ހޮވީ ރައީސުލްޖުމްހޫރިއްޔާއެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ވެރިން އުޅެނީ ރައީސަށްވުރެ އެމީހުންގެ ބާރު ގަދަކަން ދައްކަން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

"އެ ރައީސް އިސްކުރާ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ބައެއް ވެރިންގެ ފަރާތުން ރައްޔިތުންގެ މައްޗަށް އަމުރުހިންގުމުގައި ތިމާވަރުގެ ބާރުގަދަ މީހެއް ނެތްކަން ދެއްކުމަށް އުޅުމަކީ ވަރަށް މޮޔައަމަލެއް." ޒަރިޔަންދު ވިދާޅުވެފައިވެއެވެ.



ޒަރިޔަންދު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދުމުގައި ބައެއް ވަޒީރުން ފަހަތުފަޔަށް ބުރަވެފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ކޯލިޝަނެއްގެ ތެރެއިން އުފެދުނު މި ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން އިންޓަނެޓްގެ އަގުހެޔޮ ކުރުމުގައި ފެއިލްވެފައިވާތީ އާއި ބައެއް މަސަައްކަތްތައް ނިންމާފައި ނުވާތީ މިނިސްޓަރ މަލީޙްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރުވަނީ މަޖިލީހަށް ހުށައަޅާފައެވެ.

އޭގެ އިތުރުން މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ފިޝަރީޒް މިނިސްޓަރުވެސް ނާޤާބިލްވެ މަސްވެރިންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ޙިނާ

13-Feb-2021

މީނަ ލިޔާ އެއްޗެހި ކީއްކުރަންތަ ހަބަރުގަ ލިޔަނީ!!! ޢޭނަ ކޮންމެ އެއްޗެއް ކިޔަސް އެއީ އެހާ މުހިންމު އެއްޗެއް ނޫން! ޚަބަރު ހުުސްވީ ތަ?



ޓްރެންޑިން