އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިދިމޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމުން މާލޭގައި ބޭއްވި މިފަދަ މުޒާހަރާ ތަކަށް ބަލާއިރު އެންމެ ބޮޑު ތަރުޙީބެއް ލިބުނު މުޒާހަރާއެވެ. މި މުޒާހަރާގައި ވަނީ ފްލެޓް ޙައްޤުވާ އެންމެންނަށް ފްލެޓް ދިނުމަށް ގޮވާލާފައެވެ. އަދި ފްލެޓްތައް ދީފައިވަނީ އިންސާފުން ނޫން ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައި ވާއިރު މުޒާހަރާގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ދެ ފުލުހަކަށް އަނިޔާވެގެން އެ ސަރަޙައްދުން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަދި ފުލުހުންގެ ސަފުތައް ރޫޅާލައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ މުޒާހަރާގެ ހަމަނުޖެހުންތައް ފެންނަ ވީޑިއޯއެއް އާންމު ކުރައްވައި ޝަރީފް ވިދާޅުވީ މި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް މުޒާހަރާ އިންތިޒާމް ކުރި ޕާޓީއަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.



ހިޔާ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ބޭއިންސާފުން ކަމަށް ގޮވާލާ ކުރި މި މުޒާހަރާގައި ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެފައި ވާއިރު ޕީޕީއެމްގެ ދިދައާއި ޤައުމީ ދިދައާއެކު މާލޭގެ މަގުތަކުގައި ވަނީ ހިނގާލާފައެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ފްލެޓް ލިސްޓް ޢާއްމުކޮށް ގެޒެޓް ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އެގޮތުން އެ ލިސްޓުގައި ފްލެޓް ޙައްޤުވާ 6720 މީހުން ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

އިބޫ

18-Feb-2021

އާންމު ރައްޔަތުންނަށް ހަމަލާދިން ފުލުހުންންނަށް ފިޔަވަޅު އަޅާނެ މުއައްސަސާއެއް ނެތެއްނު



ޓްރެންޑިން