އަކްރަމް ރާއްޖެއަށް ހޯދައިދިން ސާފް ޗެމްޕިއަންޝިޕް ޓްރޮފީއާއެކު
އަކްރަމް ރާއްޖެއަށް ހޯދައިދިން ސާފް ޗެމްޕިއަންޝިޕް ޓްރޮފީއާއެކު
ޤައުމީ ފުޓުބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤާއި، ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީ އަކީ ޤައުމީ ބަޠަލުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އަޝްފާޤާއި އަކްރަމަކީ ޖިހާދަށް ދިއުމަށް ތައްޔާރުވެގެން ތިބި ބައެއްކަމަށް ރައްޓެއްސަކާ ހަވާލާދީ ޓްވިޓާގައި ޙަރަކާތްތެރިވާ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ބުނެފައިވާތީ އެކަމާ ގުޅިގެން އަޝްފާޤާއި އަކްރަމްގެ ދިފާޢުގައި ކުޅިވަރު ޢާއިލާ އާއި، މުޅި ޤައުމު ވަނީ ތެދުވެފައެވެ.

އެކަމާ ގުޅިގެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ، ތުނބުޅިލީ އެންމެންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގަ އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި، ޚިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކޮށްގެން އުޅެން ދަސްކުރަން ޖެހޭ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.



އަޝްފާޤާއި އަކްރަމަށް ފުރައްސާރަ ކުރި މައްސަލާގައި މުޅި ސޯޝަލްމީޑިއާ ކެކި އަރަން ފަށާފައިވާއިރު، ގިނަ ބަޔަކު ގެންދަނީ ސޫޒަން ދެއްކި ވާހަކަތަކުގެ ޙަޤީޤަތް ހޯދައި ސޫޒަން އަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން