ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ޖާމިންވީ ލިޔުންތައް އަދިވެސް ނުލިބޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ. އަދި ކޯޓު އަމުރުގައި އޮތް 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި ވަޑައިނުގެންފި ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިންވީ ގޮތުގެ ލިޔުންތައް އަދިވެސް ނުލިބޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭ. އެ މަސައްކަތް މިދަނީ ކުރަމުުން. ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ،" ޝަމީމް ވިދާޅުވިއެވެ.



އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޕާސްޕޯޓް ދޫކޮށްލުމާއެކު ޖިންސީ ކުށުގެ ދަޢުވާ އުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕާސްޕޯޓް ދޫކޮށްލުމާއެކު ވަގުތުން ފުރައިގެން ދިއުމަކީ ސަރުކާރާއެކު ހަދާފައިވާ "ޑީލް" އެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން