ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމްދީނުގައި މަޖާކުރުމާއި އުފާކުރުމާއި ކުޅިވަރު ކުޅުމަށް ފުރުސަތު ދީފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ. އަދި އެ ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމަށާއި، އަނެކުންނަށް އިޙުތިރާމްކުރާ ދީނެއް ކަމަށެވެ. ހަމައެއާއެކު އިސްލާމްދީނަކީ ޞުލްޙަވެރިކަމަށް ލޯބިކުރުމާއެކު ރީތިކަމާއި ސާފުޠާހިރުކަމަށް ލޯބިކުރާ ދީނެއް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިސްލާމްދީނުގައި މަޖާކުރުމާއި އުފާކުރުމާއި ކުޅިވަރު ކުޅުމަށް ފުރުސަތު ދީފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

"އިސްލާމް ދީނަކީ ދީނުގެ އަޚްލާޤިއްޔާތުގެ ތެރެއިން އުފާކުރުމާއި މަޖާކުރުމާއި ކުޅިވަރު ކުޅުމާއި ހިތްހަމަޖެހުން ހޯދުމަށް ފުރުޞަތު ދީފައިވާ ދީނެއް." ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.



ޙަސަން ލަތީފްގެ ބިލާއި ގުޅިގެން މީގެ ކުރިން ޑރ. ޝަހީމް ވިދާޅުވީ، ‏އޭނާ އެދިވަޑައިގަންނަވަނީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުން ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން