މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީ އަކީ ކެމްޕޭން ކުރުމަށް ފަރިތަ ޕާޓީއެއް ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. އެގޮތުން 80 އިންސައްތައަށްވުރެ މަތިން އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ހިންގަމުން މިދަނީ އާއިލީ ވެރިކަމެއް ކަމުގައިވިޔަސް ލޯކަލް ކައުންސިލް އިންތިޚާބުގައި އަށްޑިހަ އިންސައްތައާ ގާތްކުރާ މިންވަރަށްވެސް އެމްޑީޕީއަށް ގޮނޑި ކާމިޔާބު ނުވާނެ ކަމަށެވެ.

އެގިތުން އާދަމް ޝަރީފް ވަނީ އެމްޑީޕީ އަށް ސުވާލުތަކެއް ކުރިމަތިކޮށް މަރުތަކަށް ހޯދައިދެވުނީ ކޮން އިންސާފެއްތޯ އައްސަވާފައެވެ. އަދި ވެންޓިލޭޓަރު ކޮރަޕްޝަނާއި، ރޯޔަލް ރޭޕާއި ޖިންސީ ފުރައްސާރައަށް މި ސަރުކާރަށް ޙައްލެއް ހޯދައި ނުދެވުނުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"80 އިންސައްތަ ވޯޓް ރިގް؟ ކާމިޔާބު ޕީޕީއެމް އަށް ބޮޑުވާނެ." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބަށް ތައްޔާރަށް ކަމަށެވެ. އަދި މުޅި ސަރުކާރު އޮތީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިޢެވެ. ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް ވިދާޅުވީ އިދިކޮޅުގައި ތިބެގެން ކެމްޕޭން ކުރަންޖެހޭ ގޮތާއި ސަރުކާރުގައި ތިބެގެން ކެމްޕޭން ކުރަންޖެހޭގޮތް ތަފާތު ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި، ރައްޔިތުން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބު އެމްޑީޕީގެ އަތުގައި މިހާރު އޮންނާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން