ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު
ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު
ދިވެހިން އެމްޑީޕީއާއި އެކު ޖަމްޕު ޖެހުމުން ވެއްޓުނީ އަނގަވަތަށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަގުމަތީގައި އިދިކޮޅު ޕާޓީގެ ހައެއްކަ މީހުން ދަނީ ލާހޫރެމުން ކަމަށާއި، ދިވެހިން ޖަހަން ބޭނުންވާ "ޖަމްޕް" ޖެހޭނީ އެމްޑީޕީއާ އެކު ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސުޖާއު ވިދާޅުވީ، ދިވެހިން އެމްޑީޕީއާ އެކު ޖަމްޕު ޖެހީ މިނިމަމް ވޭޖަށް ކަމަށާއި، ނަމަވެސް ދިވެހިން ވެއްޓުނީ އަނގަވަތަށް ކަމަށެވެ. މީގެ އިތުރުން ސުޖާއު ވިދާޅުވީ، ދިވެހިން ޖެހި ޖަމްޕުން ދިވެހިންނަށް އިންތިހާއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ޖެހި ޖަމްޕުން ގެއްލުނީ ޒުވާނުންގެ ވަޒީފާތައް. ޖަމްޕާއެކު ބޮޑުވީ ކަރަންޓާއި ފެން ބިލް. ކުށްވެރިވީ ދެ މީޓަރު. ޖެހި ޖަމްޕުން ބޯހިޔަލެއް ނުލިބުނު. ފޭރިގަތީ ޙައްޤުވެރިންގެ ފްލެޓްތައް." ޝުޖާއު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ، ދިވެހިން މިއަދު އެދެނީ "ޖަމްޕެއް ޖަހަން" ކަމަށާއި، ދިވެހިން މިހާރު ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ގެންދިއުމަށްޓަކައި ރާއްޖޭގެ އިޤްތިސާދު އާރޯ ކުރުމަށް ރައީސް ޞާލިޙު އެޅުއްވި ފިޔަވަޅުތަކަށް ޝުކުރު ޙައްޤު ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުން ނޭފަތު ކުރިއާ ހަމައިންވެސް، އަދި ރަށު ގޮނޑުދޮށާ ހަމައިންވެސް ނުނިމޭ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން