ލަވަ އާއި މިއުޒިކް ޙަރާމްވާނީ އޭގައި މުންކަރާތެއް އެކުލެވޭ ނަމަ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވެފައި ވަނީ، މިއުޒިކް ކުޅުމާއި، ލަވަކިޔުމަކީ ޙަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދީނީ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާ ވިދާލުވުމާ ގުޅިގެންނެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ އެއްވެސް ކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށެވެ. އަދި އެއިލާހު ޙަރާމްކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރަށްވާފައިވާ ކަމަށެވެ. އެ ކަންކަމުގެ ތެރޭގައި، މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ޝަރްޢީ ނައްޞުތަކާއި އުޞޫލުތަކުގެ އަލީގައި ބަލާއިރު، ލަވަޔާއި މިޔުޒިކުގައި މަޝްޢޫލުވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއްނަމަ ނުވަތަ ޙަރާމްކަންކަމަށް އަރައިގަތުމަށް ހުޅުވޭ ދޮރެއްނަމަ، އެކަންކަން ޙަރާމްވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ. އަދި އެ ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ޝަރްޢީ ނައްޞުތަކާއި އުޞޫލުތަކުގެ އަލީގައި ބަލާއިރު، ލަވަޔާއި މިޔުޒިކުގައި މަޝްޢޫލުވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއްނަމަ ނުވަތަ ޙަރާމްކަންކަމަށް އަރައިގަތުމަށް ހުޅުވޭ ދޮރެއްނަމަ، އެކަންކަން ޙަރާމްވާނެ ކަމާމެދު ޝައްކެއް ނެތް.
— Dr. Ahmed Abdulla Didi (@AABDULLADIDI) February 14, 2021
މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ. އަދި އެ ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު