ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ރާއްޖޭގެ އިންޓަނެޓް މިއަދު ހުރީ ސޯލިޙް ސްޕީޑްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، ކޮންމެ އަހަރެއްގެ ބަޖެޓްގައި އެންމެ ބޮޑު ފައިދާއެއް ނެރެންޖެހޭ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި އޮންނަނީ ދިރާގުކަމަށެވެ. އަދި އެގޮތަށް އެކަން އޮވެގެން އިންޓަނެޓް އަގުހެޔޮ ނުކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތްކަމަށެވެ. އަދި މައްސަލައަކީ ވަޒީރު މަލީޙެއް ނޫން ކަމަށާއި، މައްސަލައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް އިސްތިޢުފާ ދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭންވީ. އިންޓަނެޓްގެ ސްޕީޑް މިއަދު ހުރީ ރައީސުލްޖުމްހޫރިއްޔާގެ ސްޕީޑްގައި. ސޯލިޙް ސްޕީޑްގައި އިންޓަނެޓް މިއަދު ހުރީ." ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ދިވެހިންނަށް ވާހަކަ ދެއްކޭނީ ދިވެހިންގެ ބާރު އޮތް އެއްޗަކަށް ކަމަށާއި، ދިރާގުގެ ވާދަވެރިޔަކަށް އުރީދޫ ގެނެސްފައި ވަނީ ދިރާގާއެކު ނިދަން ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ 55 އިންސައްތަ އޮތް ކުންފުނީގެ 7 އިންސައްތަ ޙިއްސާ އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏަށް އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރު ވިއްކާލިކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ކަމުން ދިވެހިންގެ އަތުން ދިރާގުގެ ކޮންޓްރޯލިންގ ޝެއަރ ގެއްލިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ސޯލިހު

18-Feb-2021

ކަލޯ އިންޓަނެޓު ޔާމީނު ސްޕީޑުގަ ދިޔަ އިރެއްވެސް ދިޔަ



ޓްރެންޑިން