މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤް
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤް
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ޢަޙްމަދު ނައިބު ރައީސް ކަމުން ވަކިކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެގެން ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުން ޑރ. ޖަމީލް ވަކިކޮށްފައިވަނީ ޑިއު ޕްރޮސެސް އަށް ތަބާނުވެ އުސޫލުތަކުގެ ބޭރުން ޤާނޫނާ ޚިލާފަށްކަމަށްބުނެ ޑރ. ޖަމީލް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުމުގައި ޑރ. ޖަމީލް މިއަދު ވިދާޅުވީ، ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތްތައް ކުރުންކަމަށާއި، އޭނާ މަޤާމަށް ނާޤާބިލުކަމަށް ބުނެ އޭރުގެ ރައީސް ޔާމީން އެއްވެސް ލިޔުމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިނުވާ ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި ޑރ. ޖަމީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނައިބު ރައީސް ޖަމީލާއި، ނައިބު ރައީސް އަދީބު ވަކި ކުރީ، އެ ބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވުމުން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް އިއްތިފާގުވެގެން ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

18 Vana Rayyithun ge Majleehun Naib Raees Jameel, adhi Naib Raees Adheeb vaki kuree, ebeyfulhunnah ithubaaru nukurevey...

Posted by Ahmed Thariq on Monday, February 15, 2021


ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭރު މަޖިލީހުގެ މެޖޯރިޓީއާއެކު ވެރިކަން ކުރަމުންއައި ޕާޓީ، ޕީޕީއެމްގެ މެންބަރުން ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް ޑރ. ޖަމީލު ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ. އެއަށް ފަހު ރައީސް ޔާމީިންގެ ސަރުކާރު ނިމެންދެން ޖަމީލް ހުންނެވީ އިނގިރޭސި ވިލާތުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިއްޕަވައިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ބޭރުގައި ހުންނަވައި މިހާރުގެ ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ވެސް ކުރެއްވި ޖަމީލް ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ވަނީ އަލުން ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. މިހާރު ޑރ. ޖަމީލަކީ ޕީޕިއެމްގެ އެޑްވައިޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން