ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
މިދައުރު ނިމޭއިރު ރައްޔިތުން ތިބޭނީ ކަނޑުވެފައި ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނަމަ ރައީސް ޞާލިޙާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެކަމުގައި ރައީސް ވަކިގޮތެއް ނިންމަވާފައި ނުވާކަމަށާއި، ނަމަވެސް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ސާފުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކްގެ ވާހަކަތަކާ ގުޅިގެން މަބްރޫކަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޞާލިޙަކީ، ރާއްޖެ މިހާތަނަށް ނުދެކޭހާ ލަސް އަދި ވިސްނުންކޮށި ބޭފުޅެއްކަން މިވީހާތަނުން ސާބިތުވެފައިވާ ކަމަށެވެ.

"މި 5 އަހަރު ނިމޭއިރު ދިވެހިން ތިބޭނީ ކަނޑުވެފައި. ރައްޔިތުންނަށް ހެޔޮއެދޭނަމަ އެގްޒިޓް ޕްލޭންކުރައްވާ؛ އިތުރަށް 5 އަހަރަށް ރައްޔިތުންނަށް ވޭންދިނުމަކީ އޯގާތެރި ސިފައެއްނޫން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަކީ ރައްޔިތުންނަށް ވޭނަކަށް ވެދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު ވާނީ ރައީސް ޞާލިޙް މި ދައުރަށްފަހު ވެރިކަމުން ވަކިވެވަޑައިގަތުން ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް މިއަދު ވިދާޅުވީ، ރައީސް ކުރިމަތި ނުލެއްވި ނަމަވެސް އެމްޑީޕީގެ ކެނޑިޑޭޓެއް ނުކުންނަވާނެ ކަމަށާއި، އޭރުން ހަމަ ދެމިގެންދާނީ އެމްޑީޕީގެ ދެދައުރުގެ ވެރިކަމެއް ކަމަށެވެ. އަދި ދެންއަންނަ ދައުރެއް އެމްޑީޕީއަށް ހޯދައިދިނުމަށް މަސައްކަތް ކުރަށްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޣހ

18-Feb-2021

ކަނޑުވި މީހުންނައް ބޮނޑިބަތް ތައްޔާރު ކުރާނީ ޖަމީލު


5

ކުޑަސޮރު

18-Feb-2021

ކަނޑުވިޔަސް މަރުވިޔަސް ޕީޕީއެމް ވެރިކަމެއް އަންނަ އިރަށް ޖަމީލްމެންގެ ބޭނުން ކެނޑޭނެ.



ޓްރެންޑިން