ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް (ކ) އާއި މިނިސްޓަރ މަލީޙް (ވ)
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް (ކ) އާއި މިނިސްޓަރ މަލީޙް (ވ)
މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުން އޭނާއަށް ފޮނުވި ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެ ކަމަށް މަލީޙް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މިނިސްޓަރ މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރަށްވައެވެ. މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. ނަމަވެސް އެކަމުގައި ރައީސް ވަކި ގޮތެއް ނުނިންމެވުމުން އާޒިމް އިސްކޮށް ހުންނަވައި 14 މެމްބަރުންގެ ސޮޔާއެކު މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އަދި އެ މައްސަލާގައި ޖަވާބުދާރީ ވުމަށް މަޖިލީހުން ވަނީ މިނިސްޓަރ މަލީޙަށް ނޯޓިސް ފޮނުވާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ މަލީޙް ވިދާޅުވީ، މަޖިލީހުގެ ނޯޓިސް ލިބިފައިވާ ކަމަށާއި، ނަމަވެސް ޤަރާރު ތައްޔާރު ކުރެއްވި މެމްބަރު، އެ ޤަރާރުގައި ސޮއި ކުރެއްވި 14 މެމްބަރުންނަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި މިއީ ސުލޫކީ ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށް މަލީޙް ވިދާޅުވިއެވެ.

"ޤަރާރު ބާތިލު. ނަން ދިމާނުވޭ. ވަރަށް ބޮޑު ޤާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަނބުރާ ފޮނުވާލާނަން." މިނިސްޓަރ މަލީޙް ވިދާޅުވެފައިވެއެވެ.



މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، މަލީޙް ވިދާޅުވެފައިވަނީ، ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ވަނީ ހަދާފައި ކަމަށާއި، މަޖިލީހަށް ހުށައަޅާފައިވަނީ އެއްވެސް އަސްލެއް ނެތް މައްސަލައެއް ކަމަށެވެ. މަލީހް ވިދާޅުވީ އެމްޑީޕީއަށް ޙަޖަމް ނުވެގެން އުޅެނީ އޭނާ ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރާތީ ކަމަށެވެ. އަދި ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ޚިޔާލުފާޅުކުރުމުގެ ބޭނުން ހިފާނެ ކަމަށް މަލީޙް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ އިންޓަނެޓް އަގު ތިރި ކުރުމުގެ ވަޢުދު ފުއްދެން އަންނަނީ މަލީހް ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރަށް އެޅި އިރުގައިވެސް އެކަން ނުވެ އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަލީހް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސަައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކކކކ

20-Feb-2021

މި ކަޅޭ މިދެން ކާކުތަ! ވެލިކާ ގްރޫޕް ގުންޑާ.


6

ކކކކ

20-Feb-2021

މި ކަޅޭ މިދެން ކާކުތަ! ވެލިކާ ގްރޫޕް ގުންޑާ.


-12

ކކކކ

20-Feb-2021

މި ކަޅޭ މިދެން ކާކުތަ! ވެލިކާ ގްރޫޕް ގުންޑާ.


11

ކކކކ

20-Feb-2021

މި ކަޅޭ މިދެން ކާކުތަ! ވެލިކާ ގްރޫޕް ގުންޑާ.


4

ކކކކ

20-Feb-2021

މި ކަޅޭ މިދެން ކާކުތަ! ވެލިކާ ގްރޫޕް ގުންޑާ.



ޓްރެންޑިން