ގދ. މަޑަވެލި
ގދ. މަޑަވެލި
ގދ. މަޑަވެލީ ރައްޔިތުން ވާރޭފެން ރައްކާކުރާ ތާނގީ ތަކަށް ކަޅުތެޔޮ އަޅާފައިވާ ކަމަށް މަޑަވެލީ ކައުންސިލުން ހާމަކޮށްފިއެވެ.

މަޑަވެލީ ކައުންސިލުން ބުނީ، އެރަށު މަސްޖިދުއްތަޤުވާ ގޯތި ތެރޭގައި ބަހައްޓާފައިވާ ރައްޔިތުންގެ ފެންތާންގީތަކުން ފެން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެ ފެންތާންގީތަކަށް ކޮންމެވެސް ފަރާތަކުން ކަޅުތެޔޮ އަޅާފައިވާ މަޢުލޫމާތު ކައުންސިލާއި ޙިއްޞާކުރުމާއި ގުޅިގެން ބެލިބެލުމުން 3 ތާނގިއަށް ކަޅުތެޔޮ އަޅާފައިވާކަން ޔަޤީން ކުރެވިފައި ވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެތާނގީ ތަކަކީ އެއްހޮޅިއަކުން ގުޅުވާފައިވާ ތާނގިތަކަކަށް ވާތީ މުޅި ފެންލައިނަށް ވެސް ވަނީ ކަޅުތެޔޮގެ އަސަރު ކޮށްފައި ކަމަށް މަޑަވެލީ ކައުންސިލް މަޢުލޫމާތު ދީފައިވެއެވެ.

އަދި މިހާލަތުގައި ފެންތާގިތަކުން އެއްވެސް ފަރާތަކުން ފެންނަގައި ބޭނުން ނުކުރުމަށާއި، މިއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ފެންތާގި ސާފްކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ދާކަމަށާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ވާހަކަ ދައްކައިގެން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މަޑަވެލީ ރައްޔިތުންގެ ބޯފެން ތާނގީތަކަށް ކަޅުތެޔޮ އަޅާފައިވާއިރު، އެރަށު ނަރުދަމާ އެޅުމުގެ މަސައްކަތަށް އެސްޖޭގެ ފަރާތުން އެރަށަށް ގެންގޮސްފައިވާ އެސްކަވޭޓަރުގެ ހައިޑްރޯލިކް ހޮޅިތަކާއި ވަޔަރުހާނަސްތަށް ބުރިކޮށްލާ، އިކްއިޕްމެންޓަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން