ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ)
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ)
އެމްޑީޕީން ފެށި މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ނުޖެހުމަށް ގޮވާލުމަށް ފަހު، އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން މެމްބަރު ނިހާދު ވިދާޅުވީ އެމްޑީޕީ މެމްބަރުން ނިކުމެ ތިބީ ފިސާރި ކެރިގެން ޤައުމާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކޮށް ރައްޔިތުން އެދޭ ހެޔޮ އިންތިޒާމްތައް ހަމަޖައްސަން ކަމަށެވެ.

އަދި އެމްޑީޕީ މެމްބަރުންގެ ހުންނަ ހިތްވަރު ޕީޕީއެމްގެ މެމްބަރުންގެ ނުހުންނާނެ ކަމަށާއި، އެމްޑީޕީން ފެށި މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް އެމްޕީ ނިހާދު ވިދާޅުވިއެވެ.

އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ނުޖެހުމަށް ތަކުރާރުކޮށް ގޮވާލުމަށްފަހު، އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފައިވަނީ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ކޮވިޝީލްޑް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު، އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، އެކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢަހު

20-Feb-2021

ތިޔަ ވިދާޅުވަނީ އެމްޑީއެން ކުރާ މަސަތްކަތް ވާހަކަ ދޮއްތޮ


20

ކައުންސިލް ރައީސް

20-Feb-2021

ރާއްޖެ އަށް މިހާހަލުއިކޮށް ކޮވިޑް ފަތުރަމުން މިދަނޫ ޕީޕީ މީހުންގެ ސަބަބުން.



ޓްރެންޑިން