ކޮވިޑުގެ އިތުރު އާވޭރިއަންޓެއް ޖަޕާނުން ފެނިއްޖެކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފިއެވެ.

ޖަޕާނުން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓް ފެނިފައިވަނީ ޓޯކިޔޯގެ އިމިގްރޭޝަން ފެސިލިޓީއެއްގައި އުފެދުނު ކްލަސްޓާއެއްގެތެރެއިންނެވެ. މިގޮތުން ޖަޕާނުގެ އިރުމަތީ ސަރަހައްދުން 91 މީހަކު ކޮވިޑުގެ އާވޭރިއަންޓަށް ޕޮޒިޓިވްވެފައިވާއިރު، އެއަރޕޯޓުންވެސް ދެމީހަކު ވަނީ ކޮވިޑުގެ އާވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ.

އަދި މިއީ ކޮވިޑުގެ އެހެން ވޭރިއަންޓް ތަކަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ފާހަގަކޮށްފައިވެއެވެ.

ޖަޕާނުން ފެނުނު ކޮވިޑުގެ އާވޭރިއަންޓްގެ އިތުރުން އިނގިރޭސިވިލާތުންނާއި، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑުގެ ވޭރިއަންޓްތައްވެސް ޖަޕާނުގައި ފެނިފައިވެއެވެ.

ޖަޕާނުގައި ކޮވިޑު ޖެހިގެން ހަތަރު ލައްކަ އަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވެއެވެ. އަދި މިބަލީގައި ހަތް ހާހަށް ވުރެއް ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ތަފާސްހިސާބުން ދައްކާފައިވެއެވެ. މީގެ އިތުރުން ޖަޕާނުގައި ކޮވިޑުގެ ތިން ވަނަ ރާޅަކުން ސަލާމަތްވުމަށް މަސައްކަތްކުރެވެމުން ދާކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން