ޔުނައިޓެޑް އެއަރލައިންސުގެ ފްލައިޓެއް.
ޔުނައިޓެޑް އެއަރލައިންސުގެ ފްލައިޓެއް.
ފްލައިޓެއްގައި ހަމަނުޖެހުން ހިންގައި ކްރޫއަކަށް ހަމަލާދިން އެމެރިކާ މީހަކު 49،793 ޑޮލަރުން ޖޫރިމާނާކޮށްފިއެވެ.


ޔުނައިޓެޑް އެއަރލައިންސުން އެމެރިކާގެ ލޮސްއެންޖެލިސްއިން ޖަޕާނުގެ ޓޯކިޔޯއަށް ދަތުރުކުރަމުން ދިޔަ އުމުރުން 52 އަހަރުގެ މިފިރިހެން މީހާ ފްލައިޓުގެ ކްރޫއަށް ހަމަލާ ދީފައިވަނީ ރާނުދިނުމުން ކަމަށް ވެއެވެ. ފްލައިޓުގެ ކްރޫއިން މިފިރިހެން މީހާއަށް ރާދިނުމަށް އިންކާރުކުރުމުން، ކްރޫއިންގެ ލީޑަރުގެ ޔުނީފޯމުގެ ކަރުގައި ހިފައި ކޮއްޕައި ވައްޓާލައި، މަރާލާނެކަމަށް އިންޒާރު ދީފައިވެއެވެ.

ފްލައިޓުގެ ކްރޫއިން އޭނާއަށް ރާދިނުމަށް އިންކާރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ފްލައިޓުގެ ކްރޫއިންނާއި ފަސިންޖަރުން އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެކަމަށެވެ.

މިފިރިހެންމީހާ ކްރޫއަށް ހަމަލާ ދިނުމާއިއެކު އެމެރިކާގެ އަލަސްކާގެ އެއަރޕޯޓަކަށް ފްލައިޓްޖައްސައިފައިވެއެވެ. މިއާއެކު މިމީހާ ދައްކަން ޖެހުނު ޖޫރިމާނާގެ ތެރޭގައި ވަގުތީގޮތުން ފްލައިޓް އެހެން އެއަރޕޯޓެއްގައި ޖެއްސުމަށާއި އެފްލައިޓުގައި ދަތުރުކުރަމުންދިޔަ އެހެން ފަސިންޖަރުން އެއްރޭގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ހަރަދުވާނެ އަދަދު ހިމަނާފައިވެއެވެ.

މިހާދިސާ ތަހުގީގު ކުރަމުންދާއިރު މިފިރިހެން މީހާ ވަނީ ފްލައިޓްގައި ހަމަނުޖެހުން ހިންގައި ކްރޫއަށް ހަމަލާދިންކަމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު