މާލޭ ސިޓީ- މިއީ މީގެކުރިން އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު
މާލޭ ސިޓީ- މިއީ މީގެކުރިން އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު
ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ މާލެ އިން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ޢާއްމުކޮށްފައިވާ އިއްޔެގެ ތަފާސް ހިސާބަށް ބަލާލާއިރު ކޯވިޑް-19 އާއި ގުޅިގެން މިހާރު އިޢުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތާއި ޚިލާފުވެގެން މާލެއިން 101 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު ހުޅުމާލެ އިން 4 މީހަކު އަދި ވިލިމާލެ އިން 4 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އިއްޔެ 5 މީހުން ހައްޔަރުކޮށްފައިވަނީ މާލެ އިންނެވެ.

މާލެ ލޮކްޑައުން ކުރިފަހުން މިހާތަނަށް މާލޭ ސަރަހައްދުން ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖުމްލަ 461 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ މާލެއިން 404 މީހުން، ހުޅުމާލެ އިން 30 މީހުން އަދި ވިލިމާލެ އިން 27 މީހުން ނެވެ.

މިހާތަނަށް ޑެލިވަރީ ކުރުމުގެ ހުއްދަ މާލެއިން ވަނީ 3772 ފަރާތަކަށް ދޫކޮށްފަ އެވެ. ހުޅުމާލެއިން ޑެލިވަރީ ކުރުމުގެ ހުއްދަ 484 ފަރާތަކަށް ދޫކޮށްފައިވާއިރު ވިލިމާލެއިން 66 ފަރާތަކަށް ވަނީ ހުއްދަ ދޫކޮށްފައެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ލޮކްޑައުންކޮށް ފުލުހުން ގެންދަނީ ހުއްދަނެތި މަގުމަތީގައި އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންނެވެ.

މި މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރު ކުރުމާއި، ބޭރަށް ނުކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލާފައިވާއިރު، ވަކި ހުއްދައެއް ލިބިގެން މެނުވީ ކަނޑުމަގުންވެސް މާލެ ސަރަހައްދަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން