މިހާރުގެ މާލީ ވަޒީރު މޫސާ ޒަމީރާއި، ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު
މިހާރުގެ މާލީ ވަޒީރު މޫސާ ޒަމީރާއި، ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު
މިއަހަރު ދަޢުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ އަންދާސާ ކުރި ޢަދަދުގެ އެންމެ 11.5 އިންސައްތަ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖަހާފައިވާ 2.59 ބިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ މިހާތަނަށް ލިބިފައިވަނީ އެންމެ 298 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް އަންދާސާ ކުރި ޢަދަދުގެ އެންމެ 11.5 އިންސައްތައެވެ.

މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ޖެހި 1.47 ބިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ މިހާތަނަށް 603 މިލިއަން ރުފިޔާ ހިލޭ އެހީއަށް ލިބުނެވެ. އެހެން ކަމުން މިދިޔަ އަހަރުގެ މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބުނު ޢަދަދުގެ 50 އިންސައްތަވެސް މިއަހަރު ލިބިފައެއް ނުވެއެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ ނިޔަލަށް ހިލޭއެހީގެ ގޮތުގައި ދަޢުލަތަށް ލިބުނީ 660 މިލިއަން ރުފިޔާއެވެ. ނަމަވެސް 2023 ގައި 1 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ލިބިފައިވެއެވެ.

މިޢަދަދުތަކަށް ރިޢާޔަތްކޮށް ސަރުކާރުން އަންނަ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ޖަހާފައިވަނީ އެންމެ 373 މިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު