ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދަތުރުފުޅަކަށް އިންޑިޔާގެ ވައިގެސަރަހައްދު ބޭނުންކުރަން ހުއްދަދީފިއެވެ.

މިދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޕާކިސްތާނުން ސްރީލަންކާއަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިދަތުރުގައި، އެމަނިކުފާނާއެކު ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ކުރަށްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު، ސްރީލަންކާގެ ރައީސް އަދި ބޮޑުވަޒީރާއި ބައްދަލުކުރަށްވައި މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދަތުރުފުޅަކަށް އިންޑިޔާގެ ވައިގެސަރަހައްދު ބޭނުންކުރަން ހުއްދަދިންނަމަވެސް، އިންޑިޔާ އަދި ޕާކިސްތާނުގެ މެދުގައި ހަމަނުޖެހުން ހިނގައި ބޮޑެތި ހަމަލާތަކެއް މިފަހަކުންވެސް ވަނީ ބަދަލު ކުރެވިފައެވެ. މިގޮތުން 2019 ވަނަ އަހަރު އިންޑިޔާގައި ދެވުނު ޖާނުން ފިދާވުމުގެ ހަމަލާއާއެކު ޕާކިސްތާނަށް އިންޑިއާއިން ދީފައިވާ ވައިގެ ހަމަލާތައް ފާހަގަކުރެވިފައިވެއެވެ.

2019 ވަނަ އަހަރު ބަދަލު ކުރެވުނު ހަމަލާތަކަށްފަހު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިއާއެކު އިންޑިޔާއިން އަވަށްޓެރި ގައުމުތަކަށް ފޯރުކޮށްދެމުންދާ ކޮވިޑުގެ ވެކްސިންވެސް ޕާކިސްތާނަށް ނުދޭން ނިންމާފައިވާކަމަށް އިންޑިޔާގެ ސަރުކާރާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން