މާޝާ މިދުހަތު   23 ފެބްރުއަރީ 2021 - 16:54
ޕާކިސްތާނުގެ ކަރާޗީގެ ފުލުހުންގެ ޓީމަކުން ފުރޮޅުލީ ބޫޓުގައި ނުވަތަ ރޯލަރބްލޭޑްސްގައި ހިދުމަތްދޭން ފަށައިފިއެވެ.

މިއީ މަގުމަތިން ވަގުން އަތުލައިގަތުމަށާއި މަގުމަތީގައި ފުރައްސާރަ ކުރާމީހުން ހަލުވި ކަމާއެކު އަތުލައިގަތުމުގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމުގައި އެގައުމުގެ ފުލުހުން ހާމަކޮށްފައިވެއެވެ. ހަތިޔާރާއެކު ފުރޮޅުލީ ބޫޓުގައި ހިދުމަތަށް ނުކުމެ އުޅޭ ޓީމުގައި 20 ފުލުހުން ހިމެނެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފުލުހުން ފުރޮޅުލީ ބޫޓު ބޭނުން ކުރުމަށް ނިންމީ މަގުމަތީގައި ހިނގާ އެކި ކުއްތަކަށް އިޖާބަދީ ކޮންޓްރޯލް ކުރުމަށް ތަފާތު ގޮތްތަކެއް އިހުތިޔާރުކުރުމަށްކަމަށް މިހާއްސަ ޔުނިޓުގެ ޗީފް ފާރޫގް އަލީ ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް ޕާކިސްތާނުގެ ކަރާޗީގެ ބޮޑު ސަރަހައްދެއްގައި މަގުތަކުގެ ހާލަތު ހުރި ގޮތުން ފުރޮޅުލީ ބޫޓުގައި އުޅޭ ފުލުހުންގެ ހިދުމަތް މުޅި ކަރާޗީއަށް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށް މިހާއްސަ ޔުނިޓުގެ ޗީފް ފާހަގަކޮށްފައިވެއެވެ.

މިގޮތުން މިފުލުހުންގެ ޓީމުން ހަރަކާތްތެރިވާނީ ކަރާޗީގެ އެކި ސަރަހައްދުތަކުންވެސް އެންމެ ކުށްގިނަ ކަމަށް ޝަކުވާ ހުށައަޅާފައިވާ މަގުތަކުގައިކަމަށް ޕާކިސްތާނުގެ ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިޓީމަކީ ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ޓީމެއް ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން