މަޝްހޫރު ގޮލްފް ކުޅުންތެރިޔާ، ޓައިގަރ ވޫޑްސް ކާރު އެކްސިޑެންޓެއްވެ ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މިހާދިސާއިން އޭނާ ސަލާމަތްކޮށްދިން ފަޔަރފައިޓަރުން ހާމަކުރިގޮތުންނަމަ ކާރު އެކްސްޑެންޓުން ޓައިގަރ ވޫޑްސްގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ އޭނާގެ ނަސީބުންނެވެ. އަދި ކާރު އެކްސިޑެންޓުވުމާއެކު ކާރުގެ ބޮޑުބައެއް ޗަސްވެ މުޅިން ހަލާކުވެފައި އޮތުމުން ފުރަތަމަ އެހީތެރިވާން ދިޔައިރުވެސް އެހާ ބޮޑު އުއްމީދެއްް ނުކުރެވުނު ކަމަށް ޓައިގަރ ވޫޑްސް އަށް އެހީތެރިވެދޭން ދިޔަ ފަޔަރފައިޓަރުން ބުނެފައިވެއެވެ.

ކާރު އެކްސިޑެންޓުވިއިރު އޭނާގެ އެސްޔޫވީ ކާރުގައި އިނީ ހަމަ އެކަނި ޓައިގަރ ވޫޑްސްއެވެ. ކާރު އެކްސިޑެންޓުވިއިރު ކާރުގެ ބޮޑުބައެއް ހަލާކު ވުމުގެ އިތުރަށް ކާރު ވަނީ ވަރަށްބޮޑަށް ފުރޮޅަލާފައެވެ. ނަމަވެސް ކާރުގެ އެތެެރެއަށް މާބޮޑެތި ގެއްލުން ތަކެއް ނުލިބުމުން ޓައިގަރ ވޫޑްސް ސަލާމަތްވުމުގެ ފުރުސަތު ބޮޑުވީއެވެ.

މިހާދިސާގައި ޓައިގަރ ވޫޑްސްގެ ފަޔަށް ބޮޑެތި އަނިޔާތަކެއްލިބި ސިއްހީ ފަރުވާ ހޯދަމުންދާކަމަށް ޓައިގަރ ވޫޑްސްގެ ޓީމުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން