ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕަލާ ސިރިސެނާ.
ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕަލާ ސިރިސެނާ.
2019 ވަނަ އަހަރު ސްރީލަންކާގައި އީސްޓަރ ސަންޑޭ އާއި ދިމާކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާއެކު ސްރީލަންކާގެ ކުރީގެ ރައީސަށް އެތައް ތުހުމަތެއް ކުރަންފަށައިފިއެވެ.

މިހާދިސާ ހިނގާދިޔައިރު ސްރީލަންކާގެ ރައީސްކަމުގައި ހުންނެވީ މައިތިރިޕަލާ ސިރިސޭނައެވެ. ސްރީލަންކާގެ ހަ ސަރަހައްދެއްގައި ދިން މިހަމަލާތައް ނުހުއްޓުވުމުގެ ތުހުމަތު ސްރީލަންކާގެ ރައީސްކަމުގައި ހުންނެވި ސިރިސޭނަ އާއެކު އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންނަށް ކޮށްފައިވެއެވެ.

މިގޮތުން ހާދިސާ ތަހުގީގު ފެށުމަށް ފަސް މަސްދުވަސް ހޭދަވިކަމަށާއި، މިހަމަލާގެ 17 ދުވަސް ކުރިން މިހަމަލާގެ އިންޒާރު އިންޑިޔާގެ އިންޓެލިޖެންސުން ދީފައިވާކަމަށް މިހާދިސާގެ އެންމެ ފަހުގެ ތަހުގީގުން އެނގިގެންދެއެވެ. އިންޒާރު ލިބުނު ނަމަވެސް ހަމަލާގެ ކުރިއަށް ސްރީލަންކާގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފައި ނުވާކަމަށްވެސް ތަހުގީގުން އެނގިގެންދެއެވެ.

މީގެ އިތުރުން މިތަހުގީގަށް ހެކިބަސް ދީފައިވާ 440 މީހަކު ވަނީ ސިރިސޭނަ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދިފައެވެ.

2019 ވަނަ އަހަރު ސްރީލަންކާގައި އީސްޓަރ ސަންޑޭ އާއި ގުޅުވައިގެން ދެވުނު ޖާނުން ފިދާވުމުގެ ހަމަލާތަކަށް ހަރަދުކޮށް އިސްކޮށް ހަރަކާތްތެރިވެެފައިވަނީ ސްރީލަންކާގައި ހަވާދުގެ ވިޔަފާރީގައި މަޝްހޫރު އާއިލާއަކުން ކަމަށްވެއެވެ. އަދި މިހަމަލާ ލީޑު ކުރި ޒަހްރާން ހާޝިމް އަކީ ސްރީލަންކާގެ ފުލުހުންނަށް އާންމު ނަމެއްކަމަށްވެއެވެ.

މިހަމަލާތައް ދިނުމުގެ ކުރިން މީސްމީޑިޔާ މެދުވެރިކޮށް މުސްލިމުންނޫން މީހުން މެރުމަށް ގޮވާލައި ޖާނުން ފިދާވުމުގެ ހަމަލާދިނުމަށް ހަ ޒުވާނަކު ތަމްރީނުކުރުމަށް ހޯދުނުކަމަށް ވެއެވެ. މިހަމަލާދިނުމުގައި ހަވާދު ވިޔަފާރީގެ އިސްވެރިޔެއްގެ ދެދަރިންވެސް ހިމެނޭކަމަށްވެއެވެ. އަދި މިހަމަލާ ލީޑު ކުރި ޒަހްރާން ހާޝިމްވެސް ބައިވެރިވެ މިހާދިސާގައި މަރުވެފައިވެއެވެ.

މިހަމަލާ ދެވިފައިވަނީ ސްރީލަންކާގެ ތިންފައްޅިއެއްގެ އިތުރުން ދަ ކިންގްސްބަރީ ހޮޓެލް، ސިނަމަން ގްރޭންޑް އަދި ޝަންގްރިއްލާ ހޮޓަލުގައެވެ. މިހާދިސާގައި، ހަމަލާދިން މީހުންނާއެކު 269 މީހަކު މަރުވެފަަައިވާއިރު 500 އަށްވުރެއް ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން