ތ. ވޭމަންޑޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ތ. ވޭމަންޑޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ތ. ވޭމަންޑޫ އިންޖީނުގޭގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންއެބަދެއެވެ.

ވޭމަންޑޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އިންޖީނުގޭގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މިހާރު ރަށު ކައުންސިލުންނާއި ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިޙާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ސެންޓްރަލް އޭރިއާގެ ފަޔަރމަނުން މިހާރު ފަށާފައިވާ ކަމަށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން