ދެކުނު އެފްރިކާއިން ފެނުނު ކޮވިޑުގެ ވޭރިއަންޓުން ރައްކާތެރިވުމަށް މޮޑަރނާ ކުންފުނިން ވެކްސިނެއް ތައްޔާރުކޮށްފިއެވެ.
ދެކުނު އެފްރިކާގެ ވޭރިއަންޓާ ދެކޮޅަށް ވެކްސިން ތައްޔާރު ކުރެވުނަސް މިވެކްސިން ބޭނުން ކުރުމުގެ ކުރިން އެހެން ވެކްސިން ތަކެކޭ އެއްފަދައިން އިތުރު ތަހުލީލުތައް ހަދަން ޖެހޭނެކަމަށް މޮޑަރނާ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިގޮތުން ސަރުކާރުގެ ސައިންސްވެރިންނާއިއެކު މިތަހުލީލުތައް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މޮޑަރނާ ކުންފުނިން ބުނެފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާރުވެސް ވެކްސިނެއް އުފައްދާފައިވާ މޮޑަރނާ ކުންފުނިން ވަނީ މިއަހަރު އެކަނިވެސް 100 މިލިއަން ޑޯޒުގެ ކޮވިޑް-19 ވެކްސިން އުފައްދައި އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި މިހާރު ތައްޔާރުކުރެވިފައިވާ އިތުރު ވެކްސިނަކީ ދެކުނު އެފްރިކާގެ ވޭރިއަންޓުން ރައްކާތެރިވުމަށް ބޭނުންކުރެވޭނޭ ބޫސްޓަރ ޝޮޓެއް ކަމަށް މޮޑަރނާ ކުންފުނިން ހާމަކޮށްފައިވެއެވެ.
މޮޑަރނާ ކުންފުނީގެ އާވެކްސިން ކާމިޔާބުވެއްޖެނަމަ ދެކުނު އެފްރިކާގެ ވޭރިއަންޓުން ރައްކާތެރިވުމަށް ބޭނުންކުރެވިގެންދާނެ އެންމެ ފުރަތަމަ ކާމިޔާބު ވެކްސިނަކަށް މިވެކްސިން ވެގެން ދާނެއެވެ.
ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑުގެ ވޭރިއަންޓް އެކި ގައުމުތަކަށް ފެތުރެމުންދާއިރު، އެމެރިކާގެ 14 ސްޓޭޓަކުން މިވޭރިއަންޓް ފެނިފައިވާކަމަށް ވެއެވެ. އަދި މިވޭރިއަންޓުން ރައްކާތެރިވުމަށް މިހާރު ތައްޔާރުކުރެވިފައިވާ ކޮވިޑް-19 ވެކްސިންތައް އެހީތެރިނުވާކަމަށް ބުނެ ދެކުނު އެެފްރިކާއިން ވަނީ ވެކްސިން ޖެހުން ހުއްޓާލައިފައެވެ.
މިކަމާ ގުޅިގެން އެއްވެސް ގައުމަކުން ވެކްސިން ޖެހުން ހުއްޓާނުލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މީގެ ކުރިން ގޮވާލާފައެވެ. މީގެއިތުރުން ކޮވިޑުގެ އާވޭރިއަންޓްތަކުން ރައްކާތެރިވުމަށް އިތުރު ތަހުލީލުތައް ކުރުމަށް ވެކްސިން ތައްޔާރުކުރާ އެކި ކުންފުނިތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު