ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެގައުމަށް ތައުރީފް ކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމްގެ ޓްވީޓެއްގައި، ގިނަބަޔަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރަށްވައި އިންޑިޔާ ސަރުކާރަށާއި އިންޑިޔާގެ ބޮޑު ވަޒީރަށް ޝުކުރު އަދާކުރަށްވާފައިވެއެވެ. ހާއްސަގޮތެއްގައި ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަމުންދާ އެހީތެރިކަން ޑރ. ޓެޑްރޯސް ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިޔާގެ މަސައްކަތަށް މިސާލު ޖައްސަވައި އެހެން ގައުމުތަކުންވެސް މިދަނޑިވަޅުގައި އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމަށް ޑރ. ޓެޑްރޯސް އިލްތިމާސްކުރަށްވާފައިވެއެވެ.
އިންޑިޔާއިން އެކި ގައުމުތަކަށް ހަދިޔާކުރަމުންދަނީ އިންޑިޔާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. އޮކްސްފޯޑު އަދި އެސްޓަރަރޒެނެކާއިން ކޮވިޑުން ރައްކާތެރިވުމަށް އިޖާދުކޮށްފައިވާ މިވެކްސިނަށް ކޮވިޝީލްޑް ނަންދީގެން އެ ވެކްސިން އުފައްދަމުންދަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުންނެވެ. މިވެކްސިން އިންޑިއާގައި އުފައްދަން ފެށުމާއެކު އިންޑިޔާއިން ވަނީ އެކިގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް ފަށާފައެވެ.
ގިނަ ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ދެވޭ މި ވެކްސިން ޑޯޒުތަކާއިއެކުވެސް އިންޑިޔާއިން ވެކްސިން ގަތުމަށް ގައުމުތަކުން އެދެމުންދާ މިންވަރު ދަށް ނުވާކަމަށް އެގައުމުގެ ސަރުކާރުން ފާހަގަ ކޮށްފައިވެއެވެ.
އިންޑިޔާގެ އެހީތެރިކަމާއެކު މިހާތަނަށް 17 އަށް ވުރެ ގިނަ ގައުމަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދެވިފައިވެއެވެ. އެހީގެގޮތުގައި ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާއިން ވަނީ އަވަށްޓެރިގައުމު ތަކަށް އިސްކަން ދީފައެވެ.

Thanks 🇮🇳 & Prime Minister @narendramodi for supporting #VaccinEquity. Your commitment to #COVAX and sharing #COVID19 vaccine doses is helping 60+ countries start vaccinating their #healthworkers and other priority groups. I hope other countries will follow your example.
— Tedros Adhanom Ghebreyesus (@DrTedros) February 25, 2021
އިންޑިޔާއިން އެކި ގައުމުތަކަށް ހަދިޔާކުރަމުންދަނީ އިންޑިޔާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. އޮކްސްފޯޑު އަދި އެސްޓަރަރޒެނެކާއިން ކޮވިޑުން ރައްކާތެރިވުމަށް އިޖާދުކޮށްފައިވާ މިވެކްސިނަށް ކޮވިޝީލްޑް ނަންދީގެން އެ ވެކްސިން އުފައްދަމުންދަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުންނެވެ. މިވެކްސިން އިންޑިއާގައި އުފައްދަން ފެށުމާއެކު އިންޑިޔާއިން ވަނީ އެކިގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް ފަށާފައެވެ.
ގިނަ ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ދެވޭ މި ވެކްސިން ޑޯޒުތަކާއިއެކުވެސް އިންޑިޔާއިން ވެކްސިން ގަތުމަށް ގައުމުތަކުން އެދެމުންދާ މިންވަރު ދަށް ނުވާކަމަށް އެގައުމުގެ ސަރުކާރުން ފާހަގަ ކޮށްފައިވެއެވެ.
އިންޑިޔާގެ އެހީތެރިކަމާއެކު މިހާތަނަށް 17 އަށް ވުރެ ގިނަ ގައުމަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދެވިފައިވެއެވެ. އެހީގެގޮތުގައި ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާއިން ވަނީ އަވަށްޓެރިގައުމު ތަކަށް އިސްކަން ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު