ދެއްވަދޫ "ކުރިމަގު" ދޯނީގައި ރޯވެ ފަޅުވެރިޔަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިޙާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މަޑަވެލި ބޮއެ ކައިރިން މަސްވެރިކަން ކުރަމުން ދިޔަ "ކުރިމަގު" ދޯނީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ދޯނީގައި ހުރި 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ފިހުނު މީހާއަށް ފަރުވާ ދިނުމަށް ގދ. ތިނަދޫ އަށް ގެންގޮސްފައިވާއިރު މިހާދިސާ ހިނގީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިޙާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު އެ ވަގުތު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ ދޯނި ތަކުގެ އެހީގައި ވަނީ ނިއްވާލާފައެެވެ.

Madaveli buoy kairin masverikan kuramun dhiya "Kurimagu"dhoanee gai alifaanuge haadhisaa eh hingaigen, E dhoanee gai huri 53 aharuge falhuveriegge aiy fihi haalu dheravegen avas faruvaa ah MNDF SA, CG Squadron ge eheetherikamaaeku miadhu 13:16 haairu Gdh.Thinadhoo ah gengosdheefi pic.twitter.com/WX4CvRaS3x
— Maldives National Defence Force (@MNDF_Official) February 27, 2021
ފިހުނު މީހާއަށް ފަރުވާ ދިނުމަށް ގދ. ތިނަދޫ އަށް ގެންގޮސްފައިވާއިރު މިހާދިސާ ހިނގީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިޙާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު އެ ވަގުތު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ ދޯނި ތަކުގެ އެހީގައި ވަނީ ނިއްވާލާފައެެވެ.
ކިޔުންތެރިންގެ ހިޔާލު