42 މީހުން ކިޑްނެޕް ކުރެވުނު ނައިޖީރިޔާގެ ބޯޑިންގ ސްކޫލްގެ ކްލާސްރޫމެއް.
42 މީހުން ކިޑްނެޕް ކުރެވުނު ނައިޖީރިޔާގެ ބޯޑިންގ ސްކޫލްގެ ކްލާސްރޫމެއް.
ނައިޖީރިއާގެ ބޯޑިންގ ސްކޫލެއްގައި 27 ދަރިވަރުންނާއެކު ހައްޔަރުކުރި 42 މީހަކު މިނިވަން ކޮށްފިއެވެ.

ސްކޫލުން މީހުން ކިޑްނެޕް ކޮށްފައިވަނީ މިދިޔަ ހަފްތާގެތެރޭގައެވެ. މިއީ ނައިޖީރިޔާގައި ވަރަށް އާންމު ކަމެއް ކަމަށްވެއެވެ. މިގޮތަށް މީހުން ކިޑްނެޕް ކުރުމުގައި ހަރަކާތްތެރިވަނީ ހަތިޔާރާއެކު ނައިޖީރިޔާގައި ހަރަކާތްތެރިވާ އެކި ގްރޫޕްތަކުންނެވެ.

ދޫކޮށްލި މީހުންނަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ނައިޖީރިއާގެ ބޯޑިންގ ސްކޫލްގެ ދަރިވަރުންނާއި އެކި މުވައްޒަފުން ހައްޔަރު ކުރުމުގެ ތެރޭގައި ކުޑަ ފިރިހެން ކުއްްޖަކު މަރުވެފައިވާކަމަށްވެސްވެއެވެ. މިއެންމެން ދޫކޮށްލާފައިވަނީ ނައިޖީރިޔާގެ ސަރުކާރާ ދެމެދު ފައިސާ ހޯދުމަށް އެތައް މަޝްވަރާތަކެއް ކުރުމަށްފަހުއެވެ. ނަމަވެސް ކިޑްނެޕް ކުރި މީހުން ދޫކޮށްލުމަށް ނައިޖީރިޔާގެ ސަރުކާރުން އެއްވެސް ފައިސާ އެއް ދިންކަމަކަށް ހާމަކޮށްފައެއްނުވެއެވެ.

ނައިޖީރިޔާގައި ކިޑްނެޕް ކުރުމުގެ މައްސަލަ ބޮޑުވުމާއެކު އެކަން ހުއްޓުވުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތާއެކު ނައިޖީރިޔާގެ ސަރުކާރާއި ނައިޖީރިޔާގެ އެކި ބޮޑެތި ގްރޫޕްތަކާއި މެދު ހަމަނުޖެހުން ހިނގައި ބޮޑެތި ކުރިމަތިލުންތައްވެސް ހިނގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން