އިކުއެޑޯގައި ކޮވިޑް ވެކްސިން ފޯރުކޮށްދެމުންދާގޮތާމެދު ފާޑުކިޔުންތައް އަމާޒުވުމާއެކު އީކުއެޑޯގެ ހެލްތު މިނިސްޓަރ، އިސްތިއުފާ ދެއްވައިފިއެވެ.
އެގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަމެއް ނުގެންގުޅޭކަމަށް އީކުއެޑޯގެ ހެލްތު މިނިސްޓަރަށް ވަނީ ތުހުމަތުކޮށްފައެވެ. މިކަމާއި ގުޅިގެން އިކުއެޑޯގެ ސްޓޭޓް ޕްރޮސެކިިއުޓަރސް ދަނީ މިނިސްޓަރާއި ދެކޮޅަށް ތަހުގީގެއް ވެސް ހިންގަމުންނެވެ.
މިތަހުގީގުގެ ތެރެއިން މިނިސްޓަރގެ މަންމަ ދިރިއުޅޭ ދުވަސްވީ މީހުން ބަލަހައްޓާ ތަނެއްގައި ކުރިއަށް ދިޔަ ވެކްސިން ދިނުމުގެ ހަރަކާތުގެ ތެރެއިން މިނިސްޓަރ ވެކްސިންޖެއްސެވި ކަންވެސް ފާހަގަކޮށްފައިވެއެވެ.
އީކުއެޑޯގެ އިތުރުން އާޖެންޓީނާ އަދި ޕެރޫގެ ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ވެކްސިން ފޯރުކޮށްދިނުމުގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިސްތިއުފާދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު