އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ، ވެކްސިން ޖައްސަވަނީ.
އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ، ވެކްސިން ޖައްސަވަނީ.
އިންޑިއާގައި ކުރިއަށްދާ ކޮވިޑް-19 ވެކްސިން ޖެހުމުގެ ކެމްޕޭަނުގެ ދަށުން އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ، ވެކްސިން ޖައްސަވައިފިއެވެ.

މޯދީ ވަނީ ޓްވިޓަރ މެދުވެރިކޮށް ވެކްސިން ޖެއްސެވިކަން ހާމަކުރެއްވުމުގެ ގޮތުން ފޮޓޯއެއް ހިއްސާކޮށްފައެވެ. މިފޮޓޯ އާއިއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިކަމަށް ލިޔުއްވާފައިވެއެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އިންޑިޔާގެ ސިއްހީ ވުޒާރާގެ ބޭފުޅުން ކުރަމުން ދާ މަސައްކަތް ފާހަގަކުރަށްވައި، ވެކްސިން ޖެހުމަށް ހުޅުވާލެވިފައިވާ ފަރާތްތައް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާފައިވެއެވެ.

އުމުރުން 70 އަހަރުގެ ބޮޑުވަޒީރު ވެކްސިން ޖައްސަވާފައިވަނީ އިންޑިއާގެ ދިއްލީގެ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް) ހޮސްޕިޓަލުންނެވެ.

އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިވެކްސިން ދިނުމުގެ ކެމްޕޭނުގައި އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިސްސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ވެކްސިން ދިނުމަށެވެ. އަދި މިއަދުން ފެށިގެން އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 45 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ޖެހޭނެ ކަމަށް އިންޑިޔާގެ ސިއްހީ ވުޒާރާތަކުން އިއުލާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން