އައިވަރީކޯސްޓަށް ލިބުނު ވެކްސިންގެ ޝިޕްމެންޓް.
އައިވަރީކޯސްޓަށް ލިބުނު ވެކްސިންގެ ޝިޕްމެންޓް.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގަައުމަކަށް ގާނާ އަދި އައިވަރީކޯސްޓް ހިމެނިއްޖެއެވެ.

ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ގަތުމަށް ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ކޯވެކްސް ފެސިލިޓީގައި ރެޖިސްޓަރވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން ތައްޔާރުކުރެވޭ ކުންފުނިތަކުންނެވެ.

މިކޯވެކްްސް ފެސިލިޓީގެ ދަށުން ދެގައުމަކަށް މިހާރު ވެކްސިން ފޯރުކޮށްދެވިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ކޯވެކްސް ފެސިލިޓީގެ ފަރާތުން ފުރަތަމަ ވެކްސިން ލިބުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށެވެ. ގާނާއަށް ލިބުނީ އެސްޓަރަރޒެނެކާ ކުންފުނީގެ ވެކްސިނުގެ ހަލައްކަ ޑޯޒެވެ. އަދި މިވެކްސިންގެ ޝިޕްމެންޓް ގާނާއަށް ލިބިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ގާނާގެ އިތުރުން، ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބިފައިވަނީ ދެކުނު އެފްރިކާގެ އައިވަރީކޯސްޓް އަށެވެ. އައިވަރީކޯސްޓަށް ލިބުނީ އެސްޓަރަރޒެނެކާ ކުންފުނީގެ ވެކްސިނުގެ ފަސްލައްކަ ޑޯޒެވެ. މިވެކްސިންގެ ޝިޕްމެންޓް އައިވަރީކޯސްޓަށް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން