ފުލުހުންނަށް މަރުގެ އިންޒާރުދިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބިރުދައްކާ މަރުގެ އިންޒާރު ދިނުމުގެ ތުހުމަތުގައި ދެމީހަކު ވެރިރަށް މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކުރީ ރޭ ދަންވަރު2:30 ހާއިރު އެވެ. ދެމީހުންނަކީ އުމުރުން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް މިއަދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުު ކުރުމުން އޭގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި މަގުމަތި ބަލަހައްޓަން ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ބަޔަކަށް މަރުގެ އިންޒާރުދޭ ވިޑިއޯއެއް ރޭ މީސް މީޑިއާގައި ދައުރުވަމުން ދިއައެވެ. އަދި އެ ވިޑިއޯ ހިއްސާކުރި ފަރާތުން ޕޮލިސް ކޮމިޝަނަރަށް ޓެގްކޮށް އެ އަމަލު ހިންގި މީހުންނާމެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު