ރަޝިޔާގެ ގިނަބަޔަކު ގަބޫލު ކުރާގޮތުގައި ކޮރޯނާވައިރަހަކީ އިންސާނަކު އުފައްދާފައިވާ ބަޔޯ ވެޕަން އެއް ނުވަތަ ހަތިޔާރެކެވެ.
މިގޮތުން ރަޝިޔާގެ އާންމުންގެ މެދުގައި ކުރެވުނު ސަރވޭއަކުން ދައްކާގޮތުގައި، މިސަރވޭގައި ބައިވެރިވި 64 އިންސައްތަ މީހުން ގަބޫލު ކުރަނީ މިވަރިރަހަކީ އިންސާނަކު އުފައްދާފައިވާ ހަތިޔާރެއް ކަމަށެވެ. އަދި ހަމަ މިސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 23 އިންސައްތަ މީހުން ގަބޫލު ކުރަނީ މިއީ އިންސާނަކު އުފެއްދި ވައިރަހެއް ނޫން ކަމަށެވެ.
ރަޝިޔާގައި ކުރެވުނު ދިރާސާ އަކުން މިވައިރަހާއި މެދު އެގައުމުގެ މީހުން ދެކޭގޮތް އޮޅުން ފިލިޔަސް، ކޮރޯނާ ވައިރަހުގެ އަސްލަކީ ކޮބައިކަން އަދިވެސް ޔަގީން ވެފައެއްނެތެވެ. އެނގޭހާވެސް އެއްޗަކީ، މިވައިރަސް ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީއިންކަމެވެ.
ރަޝިޔާގައި ކުރެވުނު ސަރވޭއަކީ ކޮވިޑު ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަސް ޖެހޭ މީހުން އިތުރުވުމާއިއެކު، ވެކްސިން ޖަހަން ބޭނުން ނުވާ ސަބަބު ހޯދުމަށް ކުރެވުނު ސަރވޭއެކެވެ. މިސަރވޭގައި މިވައިރަހާއި މެދު އާންމުންގެ މެދުގައި މައުލޫމާތު ލިބިފައިވާ މިންވަރުވެސް ވަޒަންކުރެވިފައިވެއެވެ.
މިސަރވޭއިން ދައްކާގޮތުގައި ރަޝިޔާއިން ވެކްސިން ޖަހަން ފަސްޖެހޭ މީހުން ބޮޑަށް ކަންބޮޑުވަނީ ވެކްސިނުގެ ސައިޑް އެފެކްޓްތަކަށެވެ. ނަމަވެސް މަދުބަޔަކު ގަބޫލު ކުރަނީ ވެކްސިން ޖެހުމުން ފައިދާއެއް ވާނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.
ރަޝިޔާއިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން، ސްޕަޓްނިކް ވީ އަކީ 90 އިންސައްތަ ރައްކާތެރި ވެކްސިނެއް ކަމުގައި ދިރާސާތަކުން ދައްކާފައިވެއެވެ. އަދި މިވެކްސިން ރަޝިޔާގައި ބޭނުން ކުރުމަށް ހުއްދަދެވިފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު